ހަބަރު

އޮސްޓްރޭލިޔާއަކީ ރާއްޖޭގެ ތަރައްގީގެ ވަރަށް މުހިންމު ބައިވެރިއެއް: ރައީސް

އޮސްޓްރޭލިޔާއަކީ ރާއްޖޭގެ ތަރައްގީގެ ވަރަށް މުހިންމު ބައިވެރިއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ، އޮސްޓްރޭލިޔާގެ ފެޑެރަލް އިލެކްޝަން ކާމިޔާބު ކުރެއްވުމާއި ގުޅިގެން އޮސްޓްރޭލިޔާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަންއަށް މަރުހަބާ ވިދާޅުވި ފޮނުއްވެވި ތަހުނިޔާގެ މެސެޖުގަ އެވެ.

ރައީސުލްޖުމްހޫރިއްޔާ އެ މެސެޖްގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، އޮސްޓްރޭލިޔާގެ ބޮޑުވަޒީރަށް ތަހުނިޔާ ވިދާޅުވެފައި ވެއެވެ.