ވިޔަފާރި

ދިރާގާއި ސެމްސަންގް ގުޅިގެން ޝޯޝަލް މީޑިއާގައި ފޮޓޯ މުބާރާތެއް

May 21, 2019

ދިރާގާއި ސެމްސަންގް ގުޅިގެން ރޯދަ މަހަށް ހާއްސަކޮށްގެން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި "ރޯދަމޮމެންޓްސް" ގެ ނަމުގައި ފޮޓޯ ކޮންޓެސްޓެއް ފަށާފައި އެވެ.

ދިރާގުން ބުނީ ފޮޓޯ ކޮންޓެސްޓްގައި ބައިވެރި ވެވޭނީ އިންސްޓަގްރާމު އާއި ފޭސްބްކް ނުވަތަ ޓްވިޓާ ގައި #RoadhaMoments މި ހޭޝްޓެގް ޖެއްސެވުމަށް ފަހު ރޯދަ މަހުގެ އެކި އެކި މަންޒަރުތައް ހިއްސާ ކޮށްގެން ކަމަށެވެ. މިގޮތުން މި މުބާރާތުގައި ކޮންމެ ހަފްތާއެކު ހޮވާލެވޭ ނަސީބުވެރި އެއް ފަރާތަކަށް ސެމްސަންގް "އޭ 80" ފޯނެއް ލިބޭނެ އެވެ. މި ފޯނަކީ ސެމްސަންގުން އަލަށް ތައާރަފުކުރި ފޯނެކެވެ.

މި ކޮންޓެސްޓް މި އަހަރު ކުރި އަށް ދާނީ ފޭސްބްކާއި ޓުވިޓާގަ އަދި އިންސްޓަގްރާމްގަ އެވެ.

ދިރާގުން ބުނީ މި ފޯނުގެ އެންމެ ހާއްސަ ކަމަކީ މި ފޯނުގެ ރޮޓޭޓްވާގޮތަށް ފަރުމާކޮށްފައިވާ 48 މެގަޕިކްސަލް ކެމެރާ ކަމަށެވެ.

މި ކޮންޓެސްޓް ކުރި އަށްދާނީ އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށެވެ. މި ކޮންޓެސްޓްގައި ބައިވެރިވުމަށް އެކައުންޓް ވާން ޖެހޭނީ ޕަބްލިކް އެކައުންޓަކަށެވެ.

ދިރާގުން ވަނީ މިދިޔަ އަހަރު މި މުބާރާތް އިންސްޓަގްރާމްގައި ކުރިއަށް ގެންގޮސްފަ އެވެ.