ކުޅިވަރު

ގައުމީ އަންހެން ޓީމު ލަންކާގައި ކޭމްޕްކޮށްފި

Jul 17, 2015

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރާ ގައުމީ އަންހެން ފުޓްބޯޅަ ޓީމު ލަންކާގައި ކޭމްޕްކޮށްފި އެވެ.

މި ޓީމު އެނބުރި އަންނާނީ މި މަހުގެ 27 ގަ އެވެ.

ޖަޕާނުގެ ކޯޗު ނައޯކޯގެ ކަވަމޯޓޯގެ އިރުޝާދުގެ ދަށުން ކުޅޭ ޓީމު ލަންކާގެ ގައުމީ ޓީމާއެކު ދެ މެޗު އަދި ލަންކާގެ ކުލަބަކާ އެކު ވެސް މެޗެއް ކުޅޭނެ އެވެ.

ރާއްޖޭގެ އަމާޒަކީ މި ފަހަރުގެ އިންޑިއަން އައިލެންޑް ގޭމްސްގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމު ވާދަކުރި ނަމަވެސް ސެމީ ފައިނަލާ ހަމައަށްދިއުމަށެވެ.

ގައުމީ ޓީމު ވަނީ މިދިޔަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕުގައި ޕާކިސްތާނު އަތުން މޮޅުވެ، ފުރަތަމަ ފަހަރަށް މެޗެއް ވެސް ކާމިޔާބުކޮށްފަ އެވެ.