ރައީސް އޮފީސް

ސްޕޯޓްސް ކޮމިޝަނާ ކަމަށް ބޮޑު ހީނާ

ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމަށް މިއަދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.

ރައީސް ސޯލިހު އެ މަގާމަށް އައްޔަން ކުރެއްވި ބޭފުޅަކީ ހ. ހީނާގަސްދޮށުގޭ، ހީނާ އަހްމަދު ސަލީމެވެ. ސަލީމަށް މިމަގާމު ދެއްވީ ޑެޕިއުޓީ މިނިސްޓަރު ކަމުގެ ފެންވަރުގަ އެވެ. ސަލީމަކީ ކުޅިވަރު ދާއިރާއަށް ދިގު މުއްދަތަކަށް ހިދުމަތް ކޮށްދީފައިވާ ބޭފުޅެކެވެ. މީގެ އިތުރުންވެސް ސަލީމް ވަނީ ކުޅިވަރުގެ އެކި ދާއިރާތަކުން އެކި ފެންވަރުގެ ތަމްރީނުތައް ހާސިލް ކުރައްވާފަ އެވެ.

އެގޮތުން 2018 ވަނަ އަހަރު ކުޅިވަރުގެ ދާއިރާއިން ކުޅިވަރު ކުޅުމާއި ހިންގުމާއި އަދި މީހުން ތަމްރީނު ކުރުމުގެ ރޮގުން ސަލީމް ވަނީ ގައުމީ ޝަރަފުވެރިކަމުގެ އިނާމު ހަސީލް ކުރައްވާފަ އެވެ.

ސަލީމް ކޮމިޝަނާ އޮފް ސްޕޯޓްގެ ގެ މަގާމަށް އައްޔަން ކުރެއްވީ ކުޅިވަރު ގާނޫނުގައިވާ ގޮތުގެ މަތިންނެވެ.