ހަބަރު

ދިއްފުށީ ފަޅުތެރޭގައި އޮތް ލޯންޗެއްގައި ރޯކޮށްލައިފި

ކ. ދިއްފުށީ ފަޅުތެރޭގައި އޮތް ލޯންޗެއްގައި ރޯކޮށްލައިފި އެވެ.

ދިއްފުށީ ފަޅުތެރޭގައި އޮތް ލޯންޗެއްގައި ރޯކޮށްލުމާއި ގުޅިގެން އެމްއެންޑީއެފުން ރޭ ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފަަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ލޯންޗަކީ އެރަށުން ރޭ ވައްކަންކުރި މީހުންނާއި ގުޅުންހުރި ލޯންޗެކެވެ. އެ ލޯންޗްގައި ރޯ ކޮށްލާފައިވަނީ އެ ރަށުގެ ބަޔަކު ނުކުމެ ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ.

ރޭ އެރަށު ފިހާރައަކުން ވައްކަން ކުރި ބަޔަކު ހޯދަން ރައްޔިތުންގެ ބަޔަކު ނުކުތުމާއެކު އެ ރަށުގައި ވަނީ ވަރަށް ބޮޑު ހަމަނުޖެހުމެއް ހިނގާފަ އެވެ. އެގޮތުން ހަމަނުޖެހުމުގައި ދެ މީހަކަށް ވަޅިން ހަމަލާ ދީފައިވާއިރު، އޭގެ ތެރެއިން އެކަމަށް އަންނަނީ އައިޖީއެމްއެޗްގައި ފަރުވާދެމުންނެވެ.