ހަބަރު

ޔޫތް މިނިސްޓަރަކު އަލަށް ދަނބިދޫއަށް

May 23, 2019
5

ލ. ދަނބިދޫއަށް އަލަށް ޔޫތް މިނިސްޓަރަކު ޒިޔާރަތް ކުރައްވައިފި އެވެ.

ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ދަނބިދޫއަށް ވަޑައިގެންނެވީ މިހާރު މިނިސްޓަރު ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގަ އެވެ. މީގެ ކުރިން އެއްވެސް އެހެން ޔޫތް މިނިސްޓަރަކު އެ ރަށަށް ވަޑައިގެންފައެއް ނުވެ އެވެ. ދަނބިދޫގެ އިތުރުން އިސްދޫ ކަލައިދޫއަށް ވެސް މިއަދު މިނިސްޓަރު ވަޑައިގަތެވެ.