ރާއްޖެ ކުޅިވަރު

ބައިބަލާގައި ރެކޯޑް އަދަދަކަށް ޓީމުތައް ބައިވެރިވެއްޖެ

Jul 17, 2015

މާދަމާ ފަށާ ބައިބަލާ މުބާރާތުގައި ރެކޯޑް އަދަދަކަށް ޓީމުތައް ބައިވެރިވެއްޖެ އެވެ.

ބައިބަލާ އެސޯސިއޭޝަނުން ބުނީ އެންމެ ފަހުގެ ޗެމްޕިއަން ބީޖީއާއެކު މި ފަހަރުގެ މުބާރާތުގައި 53 ޓީމު ބައިވެރިވެފައިވާ ކަމަށެވެ. މިއީ މިދިޔަ އަހަރަށްވުރެ 12 ޓީމު ގިނަ އަދަދެކެވެ.

މުބާރާތުގައި ގިނަ ޓީމުތަކެއް ބައިވެރިވުމުން މުބާރާތް ދިގުލައިދާނެ ކަމަށް ވެސް އެއެސޯސިއޭޝަނުން ބުންޏެވެ. މިހެންވެ މުބާރާތް ނިމޭނެ ދުވަހެއް ބުނަން އަދި އަވަސް ކަމަށް ވެސް އެ އެސޯސިއޭޝަނުން ބުނެ އެވެ.

ކޮންމެ އީދެއްގައި މާލޭގައި ފޯރިއާއެކު ކުޅޭ ބައިބަލާ މުބާރާތުގެ އަގު ވެސް ދުވަހެއް ދުވަހަކަށް ދަނީ ބޮޑުވަމުންނެވެ. އަދި މުބާރާތަށް ކުޅުންތެރިންއަގު ވެސް ދަނީ އަތްނުފޯރާފަށަށް އަރަމުންނެވެ. ނަމަވެސް މި އަހަރުގެ މުބާރާތުގެ ފައިސާގެ އިނާމް އަދި ހަމަނުޖައްސަ އެވެ.