ހަބަރު

ތިން މީހަކު ހައްޖަށްދާން އެއްކުރި ފައިސާ ވަގަށް ނަގައިފި

May 27, 2019
1

ފ. ދަރަނބޫދޫގެ ގެއަކުން ގިނަ އަދަދެއް ފައިސާ ވަގަށް ނަގާފައިވާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނި ގޮތުގައި، އެ ގެއިން ގާތްގަނޑަކަށް 300،000 ރުފިޔާ ގެއްލިގެން ރިޕޯޓު ކޮށްފައިވަނީ އިއްޔެގެ މެންދުރުގެ ވަގުތެއްގައި ކަމަށާއި، ފައިސާ ގެއްލިފައިވާކަން އެނގިފައިވަނީ ހޮނިހިރު ދުވަހު ކަމަށެވެ.

އެ ފައިސާ އަކީ ތިން މީހަކު ހައްޖަށްދާން ރައްކާ ކޮށްފައިހުރި ފައިސާކަމަށް ފުލުހުން އިތުރަށް ބުނެފައިވެ އެވެ.

ފުލުހުން އިތުރަށް ބުނީ އެ މައްސަލަ މިހާރު ތަހުގީގު ކުރެވެމުންދާ ކަމަށާއި، ނަމަވެސް އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.

ހާއްސަކޮށް މި ހިނގާ ރޯދަ މަހު ވައްކަންކުރުމުގެ މައްސަލަތައް ވަނީ ވަރަށް ބޮޑުތަން އިތުރުވެފަ އެވެ.