ހަބަރު

ބޯކޮށް ވާރޭވެހި ތ. އަތޮޅުގެ ރަށްތަކުގައި ފެންބޮޑުވެއްޖެ

މިހާރު ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ކުރަމުން ދާ ވިިއްސާރާގައި، މިއަދު ތ. އަތޮޅަށް މެދުކެނޑުމެއްނެތި ވާރޭވެހުމުގެ ސަބަބުން އެ އަތޮޅޫގެ ބައެއް ރަށުގައި ފެން ބޮޑު ވެއްްޖެ އެވެ.

މި ވިއްސާރައިގައި ވަނީ އެ އަތޮޅުގެ ހަ ރަށެއްގައި ފެން ބޮޑުވި އެވެ. އެއީ ވޭމަންޑޫ އާއި ތިމަރަފުއްޓާއި އޮމަދޫ އާއި ގުރައިދޫ އާއި ދިޔަމިގިއްޔާއި އަދި ކިނބިދޫއެވެ.

ވޭމަންޑޫ އާއި ތިމަރަފުއްޓާއި އަދި ކިނބިދޫއަށް ކުރި ވިއްސާރައިގައި ފެން ބޮޑުވުމުގެ ސަބަބުން އެ ރަށުގައި ފެން ބޭރު ކުރުމަށް ކޯރު ކެނޑުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން އަދި އެ ރަށުގެ ކައުންސިލްގެ އިދާރާއިން ވަނީ ފަށާފަ އެވެ.

ތިމަރަފުއްޓަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވެފައިވާއިރު އެ ރަށުގައި ވެސްވ ފުލުހުންނާއި ސިފައިން ޕަމްޕުޖަހައިގެން ފެން ހިންދުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ. އެ އަތޮޅުގެ އޮމަދޫ އާއި ގުރައިދޫ އަދި ދިޔަމިގިލީގައި ބޮޑުވެފައިވާ ފެންގަނޑު ހިންދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ. ފެންބޮޑުވުމާއި ގުޅިގެން ރަށްރަށުގެ ގޭ ގެއަށް ފެން ވަނުން ހުއްޓުވުމަށް ވެލިބަސްތާ ޖަހާ ދިނުމުގައި ފުލުހުންނާއި އާންމުން ވެސް ބައިވެރިވެ އެވެ.

ރާއްޖޭގެ މޫސުން ދެކުނާއި ރާއްޖޭގެ މެދު އަތޮޅުތަކަށް ގޯސްވެފައިވާއިރު ކުރިޔަށް އޮތް 24 ގަޑިއިރުވެސް އެ ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.