ކުޑަކުދިންގެ ހިޔާ ކުދިންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިގާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ރޯދަވީއްލުމެއް ދެއްވައިފިއެވެ.
ރޯދަވީއްލުން ބާއްވަވާފައި ވަނީ އިއްޔެ ހަވީރު މުލީއާގެގައެވެ. މުލިއާގޭގައި ވަނީ އެ ކުދިންނަށް މުނިފޫހިފުލުވުމުގެ ގޮތުން ކުރުހުމާއި ކުލަޖެއްސުމުގެ އިންތިޒާމްތައް ހަމަޖައްސާފައެވެ.
މި ރޯދަވީއްލުމަކީ ރައީސްގެ އަނބިކަނބަލުންގެ އިސްނެންގެވުމުގެ މަތިން ބޭއްވެވި ރޯދަވީއްލުމެކެވެ.