ހަބަރު

50 ގަނޑު ތަށިމުށި ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި

ގދ. ގައްދޫ ގެއަކުން ތަށިމުށި ތަކެއް ވަގަށް ނަގައިފި އެވެ.

ފުލުހުން ބުނީ މި މައްސަލަ ހުށަހަޅާފައި ވަނީ މިއަދު ކަމަށެވެ. މި މައްސަލައާ ގުޅިގެން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ތަށިމުށިތަކެއް ވިއްކަން އުޅުނު މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ.

ފުލުހުން ބުނީ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 50 ގަނޑު ތަށިމުށިތައް މިހާރު އޭގެ ވެރިފަރާތާއި ހަވާލުކޮށްފައިވާ ކަމަށެވެ.