ވިޔަފާރި

ޖޯން ކީލްސް އިން ރާއްޖޭގައި ހަތަރުވަނަ ރިސޯޓް ހުޅުވަނީ

May 29, 2019
1

ރާއްޖޭގެ ޓޫރިޒަމްގައި ފުޅާ ދާއިރާއެއްގައި އިންވެސްޓްކޮށްފައިވާ ސްރީލަންކާގެ ޖޯންކީލްސް ގްރޫޕުން ރާއްޖޭގައި އިތުރު ރިސޯޓެއް ހަދާކަން އިއުލާނުކޮށްފި އެވެ.

ޖޯން ކީލްސް ގްރޫޕުގެ ޗެއާމަން ކްރިޝަން ބަލެންދުރަ ވިދާޅުވެފައިވާ ގޮތުގައި އިތުރު ރިސޯޓެއް ހުޅުވަނީ ރާއްޖޭގެ ޓޫރިޒަމްގެ ހަލުވި ކުރިއެރުމަށް ބެލުމަށްފަހު ކަމަށެވެ.

"ރާއްޖޭގެ ޓޫރިޒަމް ކުރިއަރަމުންދާތީ، މީގެ ފައިދާ އެންމެ ރަނގަޅު ގޮތުގައި ހޯދުމަށް ކުރާ އިންވެސްޓްމަންޓެއް މިއީ،" ބަލެންދުރަ ވިދާޅުވި އެވެ.

ސްލަންކާގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ޖޯން ކީލްސް އެ ކުންފުނިން ރާއްޖޭގައި ރިސޯޓެއް ހުޅުވަން މެނޭޖުމަންޓް އެއްބަސްވުމެއް އެކުލަވާލަން ދަނި މަސައްކަތް ކުރަމުނެވެ. އަދި 10 އަހަރުގެ މި އެއްބަސްވުމުގެ ދަށުން މި ރިސޯޓު ބްރޭންޑް ކުރާނީ އެ ކުންފުނީގެ މަތީ ފަންތީގެ ރިސޯޓު ބްރޭންޑް ސިނަމަން ހޮޓެލްސް އެންޑް ރިސޯޓްސްއަށް ކަމަށް ބުނެފައިވެ އެވެ. އަދި މި ރިސޯޓު ހުޅުވަނީ އެއާޕޯޓް ކައިރީގައި ކަމަށް ބުނެފައިވެ އެވެ. ނަމަވެސް ރިސޯޓު ހުޅުވާ ރަށުގެނަން އެ ކުންފުނިން އަދި އާއްމުކޮށްފައެއް ނުވެ އެވެ.

ޖޯން ކީލްސް އިން މިހާރު ވެސް ރާއްޖޭގައި ތިން ރިސޯޓު ހިންގަމުން ދެ އެވެ. އެ ކުންފުނިން ހިންގާ ރިސޯޓު ތަކަކީ ސިނަމަން ދޮންވެލި ރިސޯޓާއި ސިނަމަން ހަކުރާހުރާ އަދޮ އެއްލައިދޫ މޯލްޑިވްސް ބައި ސިނަމަން ރިސޯޓެވެ.