އެޑްވަޓޯރިއަލް

ގޯބިގް: ޑެކަރޭޓް ކުރުން މާރީިތި

ޕާޓީ އެއް ނުވަތަ އިވެންޓަކަށް ތައްޔާރުވާނަމަ ކޮންމެ މީހަކު ވެސް އެންމެ އިސްކަންދީގެން ދުރާލާ ކުރާ ކަމަކީ އެ ތަނެެއް ޒީނަތްތެރި ކުރުމެވެ. މެހެމާނުން އެ ޕާޓީ އަށް ވަންނަ އިރު އެ ތަނެއްގެ ޒީނަތްތެރިކަން ލޮލުގަ އަޅާގަނެވޭނެ ގޮތަކަށް އެތަން ރީތިކޮށްލުމެވެ. ސުވާލަކީ މިކަން އެންމެ ރީތިކޮށް ކޮށްދެވޭނީ ކޮން ބައެއް ހެއްޔެވެ<

ހަގައިމު ވެސް "ގޯބިގް މޯލްޑިވްސް" އޭ ބުނުމުން ގިނަ މީހުންނަށް އެނގޭނެ އެވެ. މިކަން ރީތިކޮށް ކޮށްދޭ އެއް ބަޔަކަށް މި މީހުން ވާނެ އެވެ. ވެޑިން ތަކާއި އިވެންޓްތަކުގެ ޑެކަރޭޓް ކުރުމަށް ހާއްސަ ގޯބިގް މޯލްޑިވްސް އަކީ ރާއްޖޭގެ ބޮޑެތި ވެޑިން ހަފްލާ ތަކުގެ ޑެކަރޭޝަން ކުރަމުން އަންނަ ބައެކެވެ. ހަމައެކަނި ލައިޓް އާއި މާ ބޮޑިއެއް ބަހައްޓާފަ ނިންމާލަނީ އެއް ނޫނެވެ. ބެކްގްރައުންޑާއި ލައިޓިން ކަސްޓަމަރު ބޭނުންވާ ގޮތަށް ހިތްހަމަ ޖައްސާ ދިނުމަކީ ގޯބިގް ގެ އެންމެ ބޮޑު އެއް އަމާޒެވެ.

1
 

އަގާއި އެއްވަރަށް ޑެކަރޭޓް ކޮށްދޭ

ގޯބިގް އިން ޑެކަރޭޝަން ކުރުމުގެ އަގު ހުޅުވާލަނީ 10،000 ރުފިޔާ އިން ފަށައިގެންނެވެ. ގޯބިގްގެ ކޯ ފައުންޑާ، މަޝްހޫރު ނަމުންނަމަ އެސްޓީ ބުނީ އަގު ކަނޑައަޅަނީ ކަސްޓަމަރުންގެ ބަޖެޓާ އެއްގޮތަށް ކަމަށެވެ. އެގޮތުން ޕާޓީ ޑެކަރޭޝަން ކުރުމުގެ ކުރިން ކަސްޓަމަރުންނާއެކު މަޝްވަރާ ކުރުމަށްފަހު އެ ކަސްޓަމަރަކު އެދޭ ގޮތަކަށް ޑިޒައިން ކުރަން ނިންމަނީ ކަމަށެވެ.

"ކަސްޓަމަރުންނާއެކު މީޓިން އެއް ބޭއްވުމަށްފަހު ދެ ފަރާތުން މަޝްވަރާކުރުމަށް ފަހު ޑެކަރޭޓް ކުރުމަށް ބޭނުންވާ ތަކެތި އާއި އަގު ނިންމަނީ،" ގޯބިގް މޯލްޑިވްސް އިން ވާހަކަދެއްކި ސީނިއަ އޮފިޝަލަކު ވިދާޅުވި އެވެ.

އިންސްޓަގްރާމާއި ފޭސްބުކް ބަލާލުމުން ކަސްޓަމަރުން ގޯބިގްގެ ޑެކަރޭޝަން ބަލައިގެންނަކަން ފެނިގެން ދެއެވެ. އިންސްޓަގްރާމް ޕޯސްޓް ތަކަށް ކަސްޓަމަރުންގެ ތައުރީފުތައް ދަނީ އޮހެމުންނެވެ.

"ވަރަށް ރީތި ޑެކަރޭޝަންތައް. ކަސްޓަމަރުން ހިތް އުފާ ކޮށްދޭން ތި ކޮށްދެމުން އަންނަ މަސައްކަތައް އައްސަރިބަހާ ސާބަސް." ގޯބިގްގެ އިންސްޓަގްރާމް ޕޯސްޓަކަށް މީހަކު ކޮމެންޓް ކޮށްފައެވެ.

2
 

އެންމެ މުހިއްމީ ކަސްޓަމަރުން ހިތްހަމަޖެއްސުން

ގޯބިގްގެ އެންމެ ބޮޑު އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނާއި ގުޅިގެން މަސައްކަތް ކުރުމެވެ. ގޯބިގް ކަސްޓަމަރުން ޗޫސް ކުރަންވީ ކީއްވެތޯ ސުވާލު ކުރުމުން އެސްޓީ ބުނީ ކަސްޓަމަރުން ޕާޓީ އެއް ނުވަތަ ހަފްލާ އެއް އޮންނަ ދުވަހަށް އެތަން ތައްޔާރުކުރުމުގެ ޔަގީން ކަން އަބަދުވެސް ކަސްޓަމަރުން ނަށް ދޭ ކަމަށެވެ.

"ކަސްޓަމަރުން އަޅުގަނޑުމެން ޗޫސް ކުރަންވީ އެންމެ ބޮޑު ސަބަބަކީ ރިލައިބިލިޓީ (އިތުބާރު). އަޅުގަނޑުމެން އަބަދުވެސް ޔަގީންކަން ދޭނަން ކަސްޓަމަރުންނަށް އެ ހަފްލާ އެއް ފެށުމުގެ ކުރިން އެތަނެއްގެ ޑެކަރޭޝަން އެއްކޮށް ނިންމާލުމުގެ."

ނުވަ އަހަރު ވޭތުވެ ދިޔަ އިރު ކަސްޓަމަރުންގެ ޝަކުވާތައް މަދުކަން އެސްޓީ ފާހަގަކުރިއެވެ. އެހާވެސް ފުރިހަމަކަމާއެކު ގޯބިގްގެ ހިދުމަތްތައް ކަސްޓަމަރުންނަށް ދަނީ ފޯރުކޮށްދެމުންނެވެ، އެސްޓީ ބުނި ގޮތުގައި ނުވައަހަރު ނިމި ދިޔަ އިރު ކަސްޓަމަރުންގެ ފަރާތުން ޝަކުވާ އައީ ދެ ތިން ފަހަރު ކަމަށެވެ. އަދި ކަސްޓަމަރުންގެ ޝަކުވާ އެއް ވާނަމަ އެ ކަސްޓަމަރަކާ ވަކިން ބައްދަލުކޮށް މައްސަލަ ހައްލުކުރާނެކަމަށެވެ.

"ނުވަ އަހަރު ނިމި ދިޔަ އިރު ކަސްޓަމަރުންގެ ކޮމްޕްލެއިން ކޮށްފަވާނީ ދެ ފަހަރުވަރު. އަދި ކަސްޓަމަރުންގެ ޝަކުވާ އެއް ވާނަމަ އެ ކަސްޓަމަރަކާ ވަކިން ބައްދަލުކޮށް މައްސަލަ ހައްލުކުރާނަން."

3
 

މުސްތަގްބަލުގެ އުންމީދު

ޕާޓީ ތަކާއި ވެޑިން ތައް ޑެކަރޭޓް ކުރުމުގައި ނުވަ އަހަރު ނިމިދާއިރު ވަރަށް ގިނަ އުންމީދުތައް ވެސް ހުންނާނެއެވެ. އެގޮތުން މުސްތަގްބަލުގައި ގޯބިގްގެ އެންމެ ބޮޑު އަމާޒަކީ ހުރިހާ ކަމެއް އެއް ފުރާޅެއްގެ ތެރެއިން ކުރިއަށް ގެންދިއުމެވެ. އަދި ކުރިއަށް އޮތް ތަނުގައި ގޯބިގްގެ މާކެޓިން ފުޅާކޮށް ރާއްޖެ އިން ބޭރަށް ގޯބިގް އިޝްތިހާރު ކުރުމަކީ ވެސް އުންމީދެކެވެ.

"އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒަކީ ހުރިހާ ކަމެއް އެއްފުރާޅެއްގެ ދަށުން ކުރިއަށް ގެންދިއުން. އޭގެ އިތުރަށް މާކެޓިން ރާއްޖެއިން ބޭރަށް ފުޅާކޮށް ރާއްޖެ އިން ބޭރުގެ ޓުއަރިސްޓުން ވެޑިން ކުރުމަށް ރާއްޖެ ގެނައުމަށް ހުޅުވާލެވިގެން ދާނެ."