ޖުމްހޫރީ ޕާޓީ

ޖޭޕީގެ ޕީޖީ ލީޑަރަކަށް ގާސިމް، ޑެޕިއުޓީއަކަށް ނާޒިމް

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު ކަމަށް އެ ޕާޓީގެ ލީޑަރު މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް، އަދި ޕާލިމެންޓްރީ ގުރޫޕް ޑެޕިއުޓީ ލީޑަރު ކަމަށް ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ހަމަޖައްސައިފި އެވެ.

ޖޭޕީގެ ޕީޖީ ގްރޫޕުގެ ލީޑަރާއި ޑެޕިއުޓީ ލީޑަރު ހަމަޖެއްސީ މިއަދު އެ ޕާޓީއިން ބޭއްވި ޕީޖީ ގްރޫޕުގެ ބައްދަލުވުމެއްގަ އެވެ. ދެ ބޭފުޅުން ވެސް އެ މަގާމަށް ގެނައީ ޕީޖީ ގްރޫޕުގެ އިއްތިފާގުންނެވެ. މަޖިލީހުގައި ޖޭޕީ ތަމްސީލު ކުރައްވަނީ ފަސް މެމްބަރެކެވެ.

އެއީ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމާއި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި، ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިނާއި އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދެވެ.