ބޭރު ކުޅިވަރު

ވިލާ އަށް ކެހިދިނުމަށް ފަހު އެޓީމުގެ ކެޕްޓަން ސިޓީއަށް  

Jul 18, 2015

އިނގިރޭސިވިލާތުގެ އޮސްޓަންވިލާގަ މަޑުކުރާނެ ކަމަށް މިދިޔަ ހަފްތާގައި އިއުލާންކުރި ޑެލްޕް މެންޗެސްޓާ ސިޓީއަށް ބަދަލުވެއްޖެވެ. ސީޒަންގެ ޓްރާންސްފާ މާކެޓް ފެށިގެން ދިޔައީ ސިޓީން ޑެލްޕްއަށް ފާރަލަމުން ދަނިކޮށެވެ.

ޑެލްޕް ވަނީ ސީޓީން އެނާ ހޯދުމަށް ފުރަތަމަ މަސައްކަތް ކުރުމުން އެކަމަށް ފުރަގަސްދީ ސަޕޯޓަރުންނައްޓަކައި އޭނާ ކުލަބުގައި މަޑުކުރަން ބޭނުންވާކަމަށް ހާމަކޮށްފައެވެ. އަދި އޮސްޓަންވިލާ ކަހަލަ ވަރަގުދަ ކުލަބެއް ކެޕްޓަނެއް ގޮތުގައި ހުންނަ ބޭނުންވާ ކަމަށް ޑެލްޕް ވަނީ ބުނެފައެވެ.

ސިޓީން މި ކުޅުންތެރިޔާ ހޯދުމަށް އެކިފަހަރުމަތިން އެކި އަގު ވަނީ ހުށަހާޅަފަވެ. އެންމެފަހުން ވިލާއަށް ފުރަސްގަދިނުމަށް ފަހު އަށް މިލައަން ޕައުންޑް އަގަކަށް ޑެލްޕް ވަނީ ބަދަލުވެފައެވެ. ވިލާއަށް ވަފާތެރިވާނެކަމަށް  ބުނި ޑެލްޕްް ނިންމުމުގެ ސަބަބުން އެޓީމުގެ ކޯޗު ޓިމްޝާވޫޑް އަށް ވަނީ ކުއްލި ހައިރާންކަމެއް ލިބިފައެވެ.

އުމުރުން 25 އަހަރުގެ މިކުޅުންތެރިޔާއަށް ސިޓީން ވަނީ ހަފްތާއަކު 80 މިލައަން ޕައުންޑް އާއި 100 މިލައަން ޕައުންޑް އަގެއް މުސާރަޔައެއް ހުށަހަޅާފައެވެ. ވިލާދުކޮށް ސިޓީއަށް ބަދަލުވުމަށް ޑެލްޕް ބުނެފަވަނީ އޮސްޓްވިލާ ދޫކޮށް ސިޓީއަށް ބަދަލުވުމަކީ ހަޔާތުގައި ނިންމި އެންމެ އުނދަގޫ ނިންމުން ކަމަށެވެ.

"އަހަރެން ދުވަހުވެސް ވިލާގެ ސަޕޯޓަރުން މަތިން ހަދާންނެއް ނުނެތޭނެ. ވަރަށް އުނދަގޫ ނިންމުމެއް މި ނިންމީ" ސިޓީއަށް ޑެލްޕް ބުންޏެވެ.

މިއީ މިޓްރާންސްފާ މާކެޓްގައި މެންޗެސްޓާ ސިޓީން ގެންދިޔަ އިނގިރޭސި ވިލާތުގެ ދެވަނަ ކުޅުންތެރިޔާއެވެ. ހުސްވިހަފްތާގައި އެޓީމަށް ވަނީ ލިވަޕޫލްއަށް ކުޅެމުން އަންނަ ރަހީމް ސްޓާލިން ގެންގޮސްފަ އެވެ. ސިޓީ ކޯޗު މަނުއަލް ޕްލެގްރެނީ ބުނެފަވަނީ ޑެލްޕް އަކީ އެޓީމަށް އެންމެ އެކަށޭނެ ކުޅުންތެރިއެއްކަމަށެވެ.

ސިޓީން ދެން އެންމެ އަވަހަށް ގެންނާނެ ކުޅުންތެރިއެއްކަމަށް ބެލެވެނީ ކުރިން ޗެލްސީ އަަށް ކުޅުނު މިހާރު ޖަރުމަނުގެ ވާޑާބްރޭމަން ކުޅެމުން އަންނަ ބެލްޖިއަމްގެ ކެވިން ޑި ބުރައަން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.