ބޭރު ކުޅިވަރު

ބާސެލޯނާގެ ވޯޓުލުން ކުރިޔަށް ދަނީ

Jul 18, 2015

ސްޕެއިންގެ ބާސެލޯނާގެ އެތެރޭގެ އިންތިހާބު ތަކުގެ ތެރެއިން އެކުލަބު ކުރިޔަށް އޮތް ހަ އަހަރަށް ރައީސްއަކު ހޮވުމަށް ބާއްވާ އިންތިހާބުގެ ވޯޓުލުން ކުރިޔައް އެބަދެއެވެ. މި އިންތިހާބު ވާދަކުރަމުންދަނީ އެކުލަބުގެ މިހާތަނަށް އެކުލަބްގެ ރައީސް އަކަށް ހުރި ޖޮއޮން ލަޕޯޓާ އެކު އިތުރު ތިން ފަރާތަކުންނެވެ.

މި އިންތިހާބާ ދިމާކޮށް ލަޕޯޓާ ވަނީ ބާސެލޯނާއަށް ކުޅުންތެރިން ތަކެއް ގެނައުމަށް މަސައްކަތް ކޮއްފައެވެ. ބާސެލޯނާއަށް އެންމެ ފަހުން ވާދަވެރި އެތުލިޓިކޯމެޑްރިޑްގެ އެޑަން ތުރާން ގެނައުމާއި އިންތިހާބާވެސް އިދިކޮޅު ކެނޑިޑޭޓުން ވަނީ ތުހުމަތުތަކެއް ކޮށްފައެވެ.

އިންތިހާބުގެ މިހާތަނަށް 9771 މެންބަރުން ވޯޓް ލަފައިވާއިރު ބާސެލޯނާ ކުރީގެ ކުޅުންތެރިންނާ މިހާރުގެ ކުޅިންތެރިން އަންނީ މިވޯޓްލުމުގައި ބައިވެރިވަމުންނެވެ. އިންތިހާބުގައި ވާދަކުރާ އެއް ކެޑިޑޭޓެއްް ކަމަށްވާ އޮގަސްޓޯ ބެނެޑިޓޯ ބުނެފަވަނީ މިއީ 1953 އަަހަރުފަހުން އެކުލަބުގައި ބޭއްވެ އެންމެ ވާދަވެރިކަން ބޮޑު މުހުންމު އިންތިހާބު ކަމަށެވެ.

އިންތިހާބުގެ އެންމެ ފަހުރެލީ ތަކުގެ ބާސެލޯނާގެ މިހާރުގެ ރައީސް ލަޕޯޓާ ބުނެފަވަނީ ކުރިމަގުގައި ކުލަބް ރައީސް ކަމަށް ބާސެލޯނާގެ ކޯޗު ޕެޕްގާޑިއޮލާ ކުރިމަތިލާން އޭނާ އެދޭކަަމަށެވެ. އަދި އެކަމާ އެނާއާއި ވާހަކަދައްކާނެ ކަމަށް ލަޕޯޓާ ވަނީ ބުނެފައެވެ. އަދި އިންތިހާބު އޭނާ ކާމިޔާބުކޮށްފިނަމަ އެޓީމުގެ ކޯޗަކަށް ބަހައްޓާނީ ކާމިޔާބު ސީޒަނެއް ނިންމާލި ލުއިސް އެންރީކޭ ކަމަށްބުނެފައެެވެ.