ވިޔަފާރި

ދިވެހި ރިސޯޓެއްގެ ގޮތަށް ލިއެނާޑޯ ރިސޯޓެއް ހަދަނީ

Jun 1, 2019
2

ޓައިޓޭނިކްގެ ތަރި ލިއޮނާޑޯ ޑި ކެޕްރިއޯ ދެކުނު އެމެރިކާގެ ރަށެގައި ރާއްޖޭގެ ރިސޯޓުތައް ގޮތަށް، ރިސޯޓެއް ހަދަން ފަށައިފި އެވެ.

ޔޫރޯ ނިއުސްގައިވާ ގޮތުން ދެކުނު އެމެރިކާ ބައްރުގައި އޮންނަ ބްލީޒުގައި ލިއޮނާޑޯ ރިސޯޓެއް ހަދަނީ އިތުރު ޕާޓްނަރަކާ ގުޅިގެންނެވެ. ނަމަވެސް އެ ޕާޓްނަރު ނަން ނޫސްތަކުގައި ބުނެފައި ނުވާއިރު ލިއޮނާޑޯ ހަދާ ރިސޯޓު އަންނަ އަހަރު ހުޅުވަން ހަމަޖެހިފައިވާ ކަމަށް ބުނެފައިވެ އެވެ.

މަޝްހޫރު އެތައް ފިލްމެއް ކުޅެ އޮސްކާ އެވޯޑު ހޯދާފައިވާ، ލިއޮނާޑޯ ބްލީޒުގައި ތަރައްގީ ކުރަނީ ތިމާވެއްޓާރި ރަހުމަތްތެރި ރިސޯޓެއް ކަމަށްވެ އެވެ. އަހަރަކު 15 މިލިއަން މީހުން ޒިޔާރަތް ކުރާ ގުދުރަތީ މުއްސަނދިކަން ލިބިފައިވާ ބްލީޒުގައި ހަދާ ރިސޯޓު މެނޭޖުކޮށް ބަލަހައްޓަނީ ރާއްޖޭގައި ވެސް ރިސޯޓުތައް ހިންގާ ފޯސީޒަން ކުންފުނިންނެވެ.

މި ރިސޯޓު އަންނަ އަހަރު ހުޅުވާއިރު މި ތަނުގައި 36 ރިސޯޓު ބަންގަލޯރާއި 36 އެސްޓޭޓް ވިލާ ހުންނާނެ އެވެ. އަދި މި ތަނަށް ކަރަންޓު ދޭނީ އިރުގެ ހަކަތައިން ކަމަށް ބުނެފައިވެ އެވެ.