ބޭރު ކުޅިވަރު

ރެއާލްގައި ބެނިޓޭޒްގެ ފުރަތަމަ މެޗު ފެނަށް

Jul 18, 2015

ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ސިޕެއިން ރެއާލްމެޑްރިޑް މިހާރު އޮސްޓްރޭލިޔާއަށް ކުރަމުންދާ ޓުވާ ދަތުރުގައި އިޓަލީގެ ރޯމާ އަތުން ބަލިވެއްޖެއެވެ.

މެލްބަންގެ ކުރިކެޓް ދަނޑުގައި ކުޅުނު މިމެޗުން ރެއާލް ބަލިވީ ފުރިހަމަވަގުތު ކުޅުންނިމުނު އިރު ދެޓީމުން ކުރެ ޓީމަކުން ލަނޑެއް ޖެހިފައިނުވުުން ޕެނަލްޓީ ޖަހައިގެން 7-6 ލަނޑުންނެވެ. ރެއާލްއަށް ކާމިޔާބު ނުކުރެވުނީ ލުކާސް ވަޒަކުޒް ފޮނުވާލި ޕެނެލްޓީއެވެ.

މިމެޗުގައި ރެއާލްއިން ވަނީ އެޓީމުގެ ޒުވާން ކުޅިންތެރިޔާ އޮއިގާޑް އާއެކު ގެރަތް ބޭލް އާއި ރޯނާލްޑޯވެސް ފުރަތަމަ އެގާރައިގަ ކުޅެން ނުކުމެފައެވެ. މިމެޗަކީ އެޓީމާ އަލަށް ގުޅުނު ރަފޭލް ބެނިޓޭޒް އެޓީމަށް ކޯޗުގެ ގޮތުގައި ނުކުތް ފުރަތަމަ މެޗެވެ.

މިމެޗުގައި ރޯމާގެ ޑެނިއަލް ޑިރޮސީ އާއި ޑެސްޓެރޯ ފަދަ ކުޅުންތެރިންގެ ނުރައްކާތެރި ހަމަލާތައް ރެއާލްގެ ގޯލު ބަލަހައްޓަމުން ދިޔަ ކީލޯ ނަވާސް ވަނީ ދިފާއު ކޮށްފައެވެ. މިމެޗުގައި ނަވާސް ކުޅުމެން ދިޔައީ އެޓީމުގެ ކުރީގެ ކީޕަރު ކަސިއަސް ބޭނުން ކުރި އެއްނަންބަރު ޖާޒީގައެވެ. ބެލެވޭ ގޮތުގައި މިސީޒަންގައި ރެއާލްގެ ގޯލް ބަލަހައްޓާނީ ވެސް ނަވާސްއެވެ