ހަބަރު

މަޖިލިސް ރިޔާސަތު ބަލަހައްޓާނެ ފަސް މެންބަރުން ކަނޑައަޅައިފި

ރައްޔިތުން މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނެ ފަސް މެންބަރެއް ކަނޑައަޅުއްވައިފި އެވެ.

ރައްޔިތުން މަޖިލީސް ބަލަހައްޓާނެ ފަސް މެންބަރުން އެކުލަވާލަން ޖެހޭ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވެ އެވެ. އެ ފަސް މެންބަރުން ވާން ޖެހޭނީ މަޖިލީހުގައި އެންމެ ގިނަ ދުވަހު މަސަައްކަތް ކުރެއްވި މެންބަރުން ކަމަށް ބުނެފައިވެ އެވެ. އެ މެންބަރުން ރިޔާސަތާ ހަވާލުވެވަޑައިގަންނަވާނީ މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ހާޒިރު ނުވާ ދުވަސްތަކުގަ އެވެ.

އެ ފަސް މެންބަރުންނަކީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް އާއި މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އާއި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަޜީފް އާއި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް ގެ އިތުރުން ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އެވެ.

އެ މެންބަރުންނަކީ 1990 ވަނަ އަހަރުން ފެށިގެން މަދުވެގެން ތިން ދައުރު މަޖިލީހުގައި އަދާ ކުރެއްވި މެންބަރުންނެވެ.