މިއުޒިކް

އިނާން: ފަންނާނުނުން ބިނާ ކުރުމުގައި!

ތަފާތު އެކިއެކި ހުނަރާއި ފަންނުވެރިން އުޅެ އެވެ. ހުސެއިން އިނާން، 30 އަކީ ޒުވާން މިއުޒިކް ޓީޗަރެކެވެ. އިނާންގެ މަސައްކަތަކީ މޯލްޑިވްސް މިއުޒިކް އެންޑް އާޓްސް ސެންޓަރުގައި އުމުރުން ހަތް އަހަރުން މަތީގެ ކުޑަ ކުދިންނަށް ގިޓާ ޖަހަން ދަސްކޮށް ދިނުމެވެ. އޭނާ އެންމެ ކުޑައިރުވެސް ވަނީ މިއުޒިކަށް ވަރަށް ހާއްސަ ވެފައެވެ. އެކަން ފެށެށީ ކުޑައިރު އޭނާ ނިންދެވުމަށް މަންމަ ލަވާ ކިޔައިދޭ ހަނދާންތަކާ ހަމައިންނެވެ.

"ބޭބެ މެޓަލިކާ މިއުޒިކް ޖަހާތަން އަޑުއިވިފައި އެންމެ ފުރަތަމަ ގިޓާ ކުޅެން ބޭނުންވީ ވަރަށް ކުޑަ އިރު. އޭރުވެސް އިނގޭ މިއުޒިކް ކުޅޭ ހިތްވާކަން. ޕްރޮފެޝަންލްކޮށް މިކަން ދަސްކުރުމަށް ނިންމީ އޯލްވެލް ނިންމައި ލަންކާއަށް ޖާނަލަޒިމް ކިޔަން ދިޔަ ހިސާބުން. ރައްޓެހިންނާއެކު މިއުޒިކް ކުޅެ ރިޒޯޓްގައިވެސް މިއުޒިކް ކުޅެ އުޅުނިން. ދެން 2012 ވަނަ އަހަރު ލަންކާ ކިޔެވުމަށް ފުރުސަތު ލިބުމާއި އެކު ނިންމީ ޓްރިނިޓީ ކޮލެޖް ލަންޑަންގެ މިއުޒިކް ޑިގްރީއެއް ނެގުމަށް." އޭނާ ބުންޏެވެ.

ޖާނަލިޒަމް ދޫކޮށްލައި ކެރިއާ އެއްގޮތަށް އިނާން މިއުޒިކް ހިޔާރު މާ ބޮޑަށް ވެސް ކުރާހިތްވާ ކަމަަކަށް ވެގެނެވެ. އިނާން ބުނާ ގޮތުގައި "ނޯމަލް ޑެސްކް ޖޮބެއް" ގައި އިނދެގެން މާބޮޑު އުފަލެއް އޭނާއަކަށް ނުލިބޭނެ އެވެ. މިއުޒިކަކަށް އޭނާގެ ޕެޝަނަށް ވުމުން މިއުޒިކާއެކުގައި ނޫނީ އޭނާއަކަށް އުފަލެއް ނޯންނާނެތީ އެވެ.

ކިޔަވަން އުޅުނުއިރު ކިޔަވައިދިނުމުގެ ތަޖުރިބާ ވެސް އޭނާ ހޯދި އެވެ. އެހެންވެ މިއުޒިކަކީ ރާްއްޖޭގައި ކިޔަވައި ދެވިދާނެ ފަންނެއް ކަމަށް ގަބޫލު ކުރެވި އެ ދާއިރާއިން ކުރިޔަށްދާން ނިންމީ އެވެ.

"ހީވެދާނެ މިއުޒިކް ތިއަރީ އެހާ އިންޓަރެސްޓް ނުވާނެހެން ކުދިން. އެންމެ ބޭސިކް އިން ފަށާ އެކި އެކި އެކްސަސައިޒްތައް އެކުދިންލައްވާ ހަދައި އެކުދިންނަށް އެނގެން ފެށުމުން ވަރަށް އިންޓަރެސްޓް ވޭ" އޭނާ ބުންޏެވެ" މިއުޒިކް ކިޔާވާދިނުމުގައި ޗެލެންޖްތަކެއްވެސް ހުރޭ އެހެން މާއްދާތަކާއި އެއްގޮތަށް. ހުރިހާ ކުދިންނަށް އެއްގޮތަކަށް ބުނެދީގެނެއް ނޭނގިދާނެ. މުޅިން ޔުނީކް އެޕްރޯޗްތަކެއް ވެސް ގެންގުޅެން ޖެހިދާނެ. ހުރިހާ ކުދިންނަ ކީވެސް ތަފާތު ކުދިންތަކެއް. އަދި އެކުދިންނަށް ފަސޭހައިން ދޭހަވާ ގޮތަކަށް ކިޔައިދިނުން މި މުހިއްމީ،"

މިދާއިރާ އިން ކުރިއަށް ދާން އޭނާއަށް ލިބުނު އެންމެ ބޮޑަށް ހިތްވަރަކީ އާއިލާގެ ސަޕޯޓެވެ. ދާއިރާއިން ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ ހުއްޓާ ނުލައި ކުރެވޭ ބުރަ މަސައްކަތްތުން ފަންނުވެރި ކުދީން އުފެއްދުމެވެ.

"އަބަދުވެސް ބަލާން އެނގިފައި ހުރި އެއްޗެއް އެހެން ބަޔަކަށް ކިޔަވާ ދެވޭތޯ އެއީ ގޯލްއަކީ. ނޮލެޖް ސްޕްރެޑް ކުރުން. ދެން އެންމެ ބޮޑު ޑްރީމަކީ އަމިއްލަ ގިޓަ އިންސްޓިޓިއުޓެއް ނުވަތަ މިއުޒިކް އިންސްޓިޓިއުޓެއް މުސްތަގުބަލުގައި ހުޅުވުން. އެއީ އެންމެ ބޮޑު ޑްރީމަކީ"