ހަބަރު

ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމާއަތުގެ މި ސަރަހައްދުގެ ޗެއާއަކަށް ރާއްޖެ

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މީގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ- ފައިލް ފޮޓޯ: މުހައްމަދު އަފްރާހު| އަވަސް
0%
0%
0%

ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމިއްޔާ، އދ. ގެ ވޯލްޑް ޓޫރިޒަމް އޯގަނައިޒޭޝަން (ޔޫއެންޑަބްލިޔުޓީއޯ) ގެ ދެކުނު އޭޝިއާ ސަރަހައްދުގެ ކޮމިޝަނުގެ ޗެއާއަކަށް ރާއްޖެ އިންތިހާބުކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި، ޔޫއެންޑަބްލިޔުޓީއޯ ކޮމިޝަން ފޮ ސައުތު އޭޝިއާގެ ޗެއާގެ މަގާމަށް ރާއްޖެ އިންތިހާބުވެފައިވަނީ ކުރިއަށް އޮތް ދެ އަހަރުގެ މުއްދަތަށެވެ.

ނުވަ ގައުމެއްގެ މައްޗަށް އެކުލެވޭ ކޮމިޝަންގެ ޗެއާގެ މަގާމު އެންމެ ފަހުން ރާއްޖެ އަދާކޮށްފައިވަނީ 1995 އަހަރުން ފެށިގެން 1997 ވަނަ އަހަރުގެ ދައުރުގަ އެވެ.

އދ. ގެ ގުނަވަނެއްގެ ގޮތުގައި ހަރަކާތްތެރިވާ ޑަބްލިޔުޓީއޯގެ ހިންގުން ބިނާކޮށްފައިވަނީ ދުނިޔޭގެ ހަ ސަރަހައްދަކަށް ކަނޑައަޅާފައިވާ ކޮމިޝަންތަކުންނެވެ.

އެ ކޮމިޝަންގެ މައިގަނޑު މަސައްކަތަކީ ފަތުރުވެރިކަމުގެ ދާއިރާ އެ ސަރަހައްދެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމާއި ކުރިމަތިވާ އެކި ދަތިތަކަށް ގުޅިގެން ހައްލު ހޯދުމެވެ.

6 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345