ކަނޑުމަތީގެ ހާދިސާ

ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް ވެއްޖެ

އެކްސިޑެންޓުވި ދޯނި- ފޮޓޯ ޕޮލިސް
0%
0%
0%

ވިލިމާލޭ ކައިރީގައި އޮންނަ ވާދޫ ކަނޑުއޮޅިން ދުއްވާފައި ދިޔަ ދޯންޏަކާއި ލޯންޗެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 7:00 ޖެހި އެހާކަންހާއިރު ހިނގި މިހާދިސާގައި، އެކްސިޑެންޓްވި ދޯނި ކަފުޖަހައިގެން ވިލިމާލެ ފަޅަށް ވައްދަން އުޅުމުގެ ތެރޭގައި އަޑިއަށް ގޮސްފައިވުމުން ދޯނި ފުން ކުރުމުގެ މަސައްކަތް ދޯނީގެ ވެރި ފަރާތުން ކުރަމުންދާ ކަމަށެވެ.

އެކްސިޑެންޓް ހިގި ވަގުތު ދެ އުޅަނދުގައިވެސް މީހުން ތިބި ކަމަށްވެސް ފުލުހުން ބުންޏެވެ. އަދި އެއިން މީހަކަށް އަނިޔާވެފައި ނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ. އެކްސިޑެންޓުގައި ލޯންޗަށާއި ދޯންޏަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފަ އެވެ. އެގޮތުން ލޯންޗާއި ދޯނީގެ ދިރުބާކޮޅު ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.

އެކްސިޑެންޓުވި ލޯންޗު ވިލިމާލޭ ފަޅުގައި- ފޮޓޯ ޕޮލިސް

ލޯންޗު އަދި ދޯނި ދުއްވަން އިން ދެ ކައްފިން އަތުގައިވެސް ލައިސަންސް އޮތް ކަމަަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި މި އެކްސިޑެންޓް އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910