ކަނޑުމަތީގެ ހާދިސާ

ލޯންޗު އެކްސިޑެންޓް: އަނިޔާވި ހަ މީހުން އައިޖީއެމްއެޗަށް ބަދަލުކޮށްފި

ލޯންޗު އެކްސިޑެންޓްގައި އަނިޔާވި މީހަކު ހޮސްޕިޓަލަށް ގެންދަނީ
0%
0%
0%

ވިލިމާލެ ކައިރީގައި ދެ ލޯންޗެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި މީހުންގެ ތެރެއިން ހަ މީހަކު އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ގެނެސްފި އެވެ.

މިހާދިސާ މިރޭ 8:00 ޖަހަން އުޅެނިކޮށް ހިނގީ ވިލިމާލޭ ވޯޓާސްޕޯޓް އާ ދިމާލުން ކަނޑުމަތީގައެވެ.

މިއެކްސިޑެންޓްގައި ޖުމްލަ 13 މީހަކަށް އަނިޔާވެގެން އެމީހުންނަށް ފަރުވާ ދިނުމަށް ފުރަތަމަ ގެންދިޔައީ ވިލިމާލެ ހޮސްޕިޓަލަށެވެ. ނަމަވެސް އިތުރު ފަރުވާ ބޭނުންވާ ހަ މީހަކު މިހާރު ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފަ އެވެ.

އަނިޔާވި މީހުންގެ ތެރޭގައި ތިލަމާލެ ބްރިޖު މަޝްރޫއުގައި މަސައްކަތް ކުރާ އެފްކޮންސް ކުންފުނީގެ 10 މީހަކު ހިމެނެ އެވެ. އަނިޔާވި އަނެއް ތިން މީހުންނަކީ އަނަންތަރާ ރިސޯޓުގެ ލޯންޗެއްްގައި ތިބި ބައެކެވެ.

އެކްސިޑެންޓާ ގުޅިގެން އެއް ލޯންޗެއްގެ ބިއްލޫރިތައް ތަޅައިގެން ގޮސްފައިވާއިރު ދެވަނަ ލޯންޗަށް ލިބުނު ގެއްލުންތަކާ ގުޅިގެން އަޑިއަށްދާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

މިއެކްސިޑެންޓްގައި އަނިޔާވި މީހުންނަށް ލިބިފައިވާ ޒަހަމްތަކާ ގުޅޭގޮތުން އެއްވެސް ތަފްސީލެއް ލިބިފައެއް ނުވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910