ކަނޑުމަތީގެ ހާދިސާ

އެކްސިޑެންޓްގައި އަނިޔާވި ދެ މީހުންގެ ހާލު ސީރިއަސް

ލޯންޗް އެކްސިޑެންޓްގައި އަނިޔާވި ބަޔަކު ހޮސްޕިޓަލަށް ގެންދަނީ
100%
0%
0%

ވިލިމާލެ ކައިރީގައި ދެ ލޯންޗެއް ޖެހި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި މީހުންގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސް ކަމަށް އައިޖީއެމްއެޗް އިން ބުނެފި އެވެ.

މިހާދިސާ ރޭ 8:00 ޖަހަން އުޅެނިކޮށް ހިނގީ ވިލިމާލޭ ވޯޓާސްޕޯޓް އާ ދިމާލުން ކަނޑުމަތީގައެވެ.

މިއެކްސިޑެންޓްގައި ޖުމްލަ 13 މީހަކަށް އަނިޔާވެގެން އެމީހުންނަށް ފަރުވާ ދިނުމަށް ފުރަތަމަ ގެންދިޔައީ ވިލިމާލެ ހޮސްޕިޓަލަށެވެ. ނަމަވެސް އިތުރު ފަރުވާ ބޭނުންވާ ހަ މީހަކު ފަހުން ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފަ އެވެ.

އައިޖީއެމްއެޗްގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ހޮސްޕިޓަލަށް ރޭ ގެންދިޔަ ހަ މީހުންގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސް ކަމުން އެ މީހުންނަށް ފަރުވާ ދެމުންދަނީ އައިސީޔޫގައެވެ. އަދި އެކަކަށް ވޯޑުގައި ފަރުވާ ދެމުންދާއިރު އެހެން މީހުން ފަރުވާއަށްފަހު ދޫކޮށްލާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

އަނިޔާވި މީހުންގެ ތެރޭގައި ތިލަމާލެ ބްރިޖު މަޝްރޫއުގައި މަސައްކަތް ކުރާ އެފްކޮންސް ކުންފުނީގެ 10 މީހަކު ހިމެނެ އެވެ. އަނިޔާވި އަނެއް ތިން މީހުންނަކީ އަނަންތަރާ ރިސޯޓުގެ ލޯންޗެއްްގައި ތިބި ބައެކެވެ.

އެކްސިޑެންޓާ ގުޅިގެން އެއް ލޯންޗެއްގެ ބިއްލޫރިތައް ތަޅައިގެން ގޮސްފައިވާއިރު ދެވަނަ ލޯންޗަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910