ހަބަރު

ނަސްރުﷲ ގެއްލުނު ހާދިސާ: އެކްސިޑެންޓުވި ލޯންޗުގެ ކައްޕި އައިސީޔޫގައި

Jan 4, 2020
5
ލޯންޗަކާއި ޑިންގީއެއްޖެހި އެކްސިޑެންޓްގައި އަނިޔާވި މީހާ އިތުރު ފަރުވާއަށް މާލެ ގެނައުމަށް ލޯންޗުގައި-- ފޮޓޯ: އަލީ އަޝްރާގް (އަޖޭ)
0%
0%
0%

މިދިޔަ ބުރާސްފަތި ދުވަހުގެރޭ ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހެއްގެ ހާލު ސީރިއަސްވެ އައިޖީއެމްއެޗް އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު އަވަސްއަށް ވިދާޅުވީ މި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ ލޯންޗުގެ ދުއްވަން އިން މީހާއަށް ކަމަށެވެ. އަދި ޑިންގީގައި ތިބި ތިން މީހުންގެ ތެރެއިން ދެ މީހަކަށްވެސް ބޮޑެތި އަނިޔާ ލިބިފައިވާ ކަމަށާއި ނަމަވެސް އެ މީހުންގެ ހާލު ސީރިޔަސްއެއް ނޫން ކަމަށެވެ. އަދި ލޯންޗު ފަޅުވެރިޔަކަށް ހުރި ބިދޭސީ މީހާއަށްވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އޮފިސަރު ވިދާޅުވީ ލޯންޗުން ދުއްވަން އިން މީހާއަށް ފުރަތަމަ ފަރުވާ ދިނީ ބ. އަތޮޅު ހޮސްޕިޓަލުން ކަމަށާއި ނަމަވެސް އިތުރުފަރުވާއަށް އިއްޔެ ހަވީރު ލޯންޗެއްގައި މާލެ ގެނެސްފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އޭނާގެ މޫނުމަތިން ބައެއް ވަރަށް ބޮޑަށް ކަފައިގެން ދިޔުމުގެ އިތުރުން އަތާއި އިނގިއްޔެއް ވަނީ ބިނދިފަ އެވެ. އަދި ދުލުގެ ނާރަކަށް ވެސް ވަނީ ގެއްލުންވެފަ އެވެ. އެކަމާ ގުޅޭ ގޮތުން އައިޖީއެމްއެޗްގެ ބަހެއް އަދި ނުލިބެ އެވެ.

އެ ހާދިސާގައި ޑިންގީގައި ތިބި ތިން މީހުންގެ ތެރެއިން އެކަކު އަދިވެސް ފެނިފައެއް ނުވެ އެވެ. އޭނާގެ ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ފުލުހުންނާއި ސިފައިން ކުރަމުންދާއިރު އޭނާ ހޯދުމަށް ސިފައިން ވަނީ ލިބެންހުރި ހުރިހާ ވަސީލަތްތަށް ބޭނުންކޮށްގެން ބޮޑު އޮޕަރޭޝަނެއްވެސް ފަށާފަ އެވެ. ގެއްލިގެން ހޯދަމުންދަނީ ބ. އޭދަފުށީ މުޝްތަރީގެ، ނަސްރުﷲ އަބްދުﷲ(41އ) އެވެ.

ނަސްރުﷲ ގެއްލުނުތާ މިއަދަށް ތިން ދުވަސް ހަމަވެފައިވާއިރު މިހާތަނަށް އޭނާގެ ހަބަރެއްވެސް އަދި އެކްސިޑެންޓް ހިނގި ވަގުތު އޭނާ ހުރި ޑިންގީވެސް ފެނިފައެއް ނުވެ އެވެ.

5 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910