ހަބަރު

ކާޑެއްދޫ އެއާޕޯޓުގެ ފަޔާ ލޮރީ ހަލާކުވެ، ދަތުރުތައް މެދުކަނޑާލައިފި

Jun 11, 2019
4
ކާޑެއްދޫ އެއާޕޯޓް: ފަޔާ ލޮރީ ހަލާކުވެ ވަނީ ދަތުރުތައް މެދުކަނޑާލާފައި-
0%
0%
0%

ކާޑެއްދޫ އެއާޕޯޓުގެ ފަޔާ ލޮރީ ހަލާކުވެ، ދަތުރުތައް ވަގުތީ ގޮތުން މިއަދު މެދުކަނޑާލައިފި އެވެ.

ގދ. ކާޑެއްދޫ އެއާޕޯޓަށް ފުރަން ގޮސްހުރި މީހަކު ބުނި ގޮތުގައި މިއަދު މެންދުރު އެކެއް ޖަހާއިރު ފުރަން އޮތް މޯލްޑިވިއަންގެ ބޯޓު ފުރުން ލަސްވެފައިވާ ކަމަށެވެ. މި ފްލައިޓް ލަސް ވެގެން ގޮސްފައިވަނީ ފަޔާ ލޮރީ ހަލާކު ވެގެންނެވެ.

ރީޖަނަލް އެއާޕޯޓްތައް ބަލަހައްޓާ، މޯލްޑިވްސް ރީޖަނަލް އެއާޕޯޓްސްގެ އޮފިޝަލަކު ވިދާޅުވީ ކާޑެއްދޫ އެއާޕޯޓުގެ ފަޔާ ލޮރީއަށް ދިމާވެފައިވަނީ ޓެކްނިކަލް މައްސަލައެއް ކަމަށެވެ.

"ފަޔާ ލޮރީއަށް ދިމާވެފައިވާ މައްސަލަ ދެ ގަޑި އިރެއްހާއިރު ތެރޭގައި ރަނގަޅު ކުރެވޭނެ. އެންމެ ފްލައިޓެއް ފުރުން ލަސްވެފައިވަނީ،" އޮފިޝަލް ވިދާޅުވި އެވެ.

ކާޑެއްދޫ އެއާޕޯޓަކީ ގިނަ ހުވަދު އަތޮޅަށް ގިނަ ބަޔަކު ދަތުރުކުރަން ބޭނުންކުރާ އެއް އެއާޕޯޓެވެ. އަދި މި އެއާޕޯޓުގެ ސަބަބުން ސަރަހައްދުގެ ގިނަ ރިސޯޓުތަކަށް މި އެއާޕޯޓު މެދުވެރިކޮށް ޓޫރިސްޓުން ދަތުރުކުރެ އެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ރޮކެޓް ސައިންސް

މޫނު ބުރުގާ އަޅިގެންފުރަންދާ އަންހެންނުންނަށް އަންހެން ސެކިއުރިޓީން ނެތިގެން ނުފުރި ތިބެން އެބަޖެހޭ. އެތާގަ ތިބި ސެކިއުރިޓީ ސްޓާފުންނަކީ އޭވިއޭޝަން ބެއިސިކް ކޯސް ފިޔަވާ އިތުރު ކޯސްތަކެއް ހަދާފަތިބިބައެއްނޫން. އެމީހުން އިތުރަށް ޓްރޭން ކުރުވަން ވެސް މަސައްކަތެއްނުކުރޭ. އެސްއޯޕީ އެއް ނޯވޭ. އެއަރޕޯޓް އެމެޖެންސީ އެކްސަސައިޒެއް ނުބާއްވާތާ 8 އަހަރުވެއްޖެ. ޓްރޭން ފަޔަރ ފައިޓަރުންނެއް ނެތް. ބޯޓް މަޑުކޮއްފަ ބާއްވާއިރު ފުރޮޅު ދަށަށް ލައްވާ ޕެޑްތައްވެސް ހުރީ ހަލާކުވެފަ (މިހާރު ބޭނުމެއްވެސް ނުކުރޭ) ކާޑެއްދޫ ފިއުލް ޝެޑް އިންނަނީ އާމުންނަށް ވަދެނިކުމެވޭގޮތަށް ސޭފްޓީގެ އެއްވެސް ކަމެއް ފިއުލް ޝެޑްގަނެތް.

ރޮކެޓް ސައިންސް

ކާޑެއްދޫ ފަޔަރުގެ ހާލަތު އެކަންޏެއްނޫންދަށީ މުޅިކާޑެއްދޫ އޮތީ އޯވަހޯލް ކުރަންޖެހިފަ. އެރައިވަލް އަދި ޑިޕާޗާގަ ފާހާނައެއް ނުހުރޭ މަދިރީގެ އުދަގޫ އެހާބޮޑު. ކެންޓީނުން ރަނގަޅު ކާއެއްޗެއް ލިބެނީއެއްނޫން. ފިހާރަގަނޑެއް ހާހިސާބުވެސް ނުހުރޭ. ކުދިންނަށް ބުއްދޭން ވެސް ވަންނަން ޖެހެނީ ބަލިމީހުން ބައިތިއްބާ ކޮޓަރިއަށް ޕޮލިހުން މީހުން ޗެކްކުރަން ވައްދަނީވެސް ހަމަ އެތަނަށް. އެތާގެ އެނދު ތަކުގެ ބެޑްޝީޓް ބަދަލު ނުކުރާތާ އަހަރެއް ވަރުވެދާނެ. އެތާގެ ސްޓާފުން ނިދާ ބްލޮކަށް ވާރޭވެހޭތީ އެތާގަ ނިދޭވަރެއްނޫން. ކަރަންޓު ގޮއްސިއްޔާ ދިއްލާލެވޭނެ އެމެޖެންސީ ލައިޓެއްވެސް ޓާމިނަލްގަ ނުހުރޭ. ރަށުގެ ހުރިހާ މަގެއްގެ މަގު ބައްތިތަށް ހުރީ އަނދާފަ. ވާރޭ ވެހިއްޖެއްޔާ ބޫޓު އަތަށް ލައިގެން މުޅި މީހާ ތެމިގެން ނޫނީ ޓާމިނަލަކަށް ނުވަދެވޭނެ. އެތާ ދުއްވާ ރިސޯޓް ބަގީތަކުގަ ލައިޓެއް ސިގްނަލެއް ބުރެއްކެތް ނުހުރޭ. ބަލިމީހުން އުފުލަން ޖެހެނީ ގާޑިޔަލުގަ. ދެއިރު އިރަކު އެއްފަހަރު ކަރަންޓުދޭ މުޅިރަށުން

ރޮކެޓް ސައިންސް

ސާމީ އަންގަނީ ފަޔަރު ވެހިކަލް ސްޓާޓް ކޮއްފަ މީހުންނަށް ފެންނަގޮތަށް ބޭއްވުމަށް ވެހިކަލްގެ ޕަންޕްތަށް މަސައްކަތް ކުރޭތޯ ނުކުރޭތޯ މީހުންނަށް ނޭގޭނެކަމަށް. ކާޑެއްދޫއަށް އެންމެފަހުން ގެނައި ވެހިކަލްވެސް 23 އަހަރު ބޭނުން ކޮއްފަ އޮތް ވެހިކަލެއް އެކަމަކު އެވެހިކަލްވެސް އެތެރެކޮއްފަ އޮތީ މުޅިން އާވެހިކަލެއްގެ ގޮތުގަ. ގެނައި އިރުވެސް އެވެހިކަލް އޮތީ ގްރައުންވެފަ. ކުޑަމިނުން ޓާމިނަލް ތެރޭގަވެސް އަލިފާން ނިއްވާ އެއްވެސް ނިޒާމެއް ގާއިމްވެފައެއް ނެތް. ޓާމިނަލް ތެރޭގަ ހުރި ފަޔަރު ފުޅިތަށް ވެސް ވަނީ 2012 މުއްދަތު ހަމަވެފަ.

މަހުރީނު

މަ ޑިޒައިން ކުރި އިމާރާތް މުޅިންވެސް ހުންނާނީ ރީޖަނަލް އެއަރޕޯޓް ތަކުގަ ވަރަށް ރީތިވާނެ.އަދި ވަރަށް ކަޓުވެސް ނެގިން

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345