ހަބަރު

ގަމުގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ލ. ގަމުގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނީ ލ.ގަމުގައި ކުއްޔަށް ދޭ ކޮޓަރިއަކުން މީހަކު މަރުވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު 12:45 ހާއިރު ކަމަށެވެ. މަރުވެފައިވަނީ 40 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބެލި ބެލުމުގައި އެމީހާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާ އެއް ލިބިފައިނުވާ ކަމަށާއި އަދި ހަށިގަނޑު އޮތީ ހަރުކޮށް ކަމަށް ފުލުހުން ބުންޏެވެ. މި މީހާއަކީ ޗުއްޓީ އަށް ލ އަތޮޅަށް ގޮސް ހުރި މީހެކެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.