ދުނިޔެ

ހޮންގްކޮންގް ބިލްގެ ބަހުސްކުރުން ފަސްކޮށްފި

ހޮންގްކޮންގްގެ ގާނޫނު ހަދާ މަޖިލީހުގައި އެ ގައުމުގެ އެކްސްޓްރެޑިޝަން ބިލަށް ބަހުސް ކުރަން މަދު ވަގުތުކޮޅަކަށް ވެފައި ވަނިކޮށް އެކަން ފަސްކޮށްފި ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ގާނޫނު ހަދާ މަޖިޅިހުން އެކަން ފަސްކޮސްފައި ވަނީ ހޮންގްކޮންގްގައި މުޒާހަރާ ކުރަމުންދާ މީހުން އެގައުމުގެ މުހިންމު ސަރުކާރު އިމާރާތްތަކަށް ދާން އޮންނަ މަގުތައް ބަންދުކުރަން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

މުޒާާހަރާކުރާ މީހުންގެ ތެރޭގައި ޒުވާނުންނާއި ކަޅު ޓީޝާޓް ލައިގެން ތިބި ދަރިވަރުން ހިމެނެ އެވެ. އަދި އެ ހުރިހާ އެންމެންގެ ވެސް މިސްރާބު މިއަދު ހުރީ ހޮންގްކޮންގްގެ ޗީފް އެގްޒެކެޓިވް ކެރީ ލެމްގެ އޮފީސްކޮޅާއި ގާނޫނުހަދާ މަޖިލީހުގެ ކައުންސިލް ކޮމްޕްލެކްސް ހުންނަ ލުންގްވޯ ރޯޑްއާއި ދިމާލަށް ށެވެ.

މަގުތަކުގައި މުޒާހަރާކުރާ މީހުން ގިނަވެ މަގުތައް ތޮއްޖެހިފައި ވާއިރު އިސްލާހާއެކު ބަހުސްކުރަން ހުށަހަޅާފައިވާ އެކްސްޓްރެޑިޝަން ބިލަށް ބަހުސްކުރުން "އެހެން ވަގުތަކަށް" ފަސްކޮށްފައި ވާއިރު ސަރުކާރު މުވައްޒަަފުން އެއްވެސް ކަހަލަ ދުއްވާ އުޅަނދެއް ސަރުކާރު އިދާރާއަކަށް ދިއުމަށް ބޭނުން ނުކުރުމަށް ހޮންގްކޮންގް ސަރުކާރުން ވަނީ އިލްތިމާސް ކޮށްފަ އެވެ.

މުޒާހަރާއަށް އެއްބާރުލުން ދިނުމުގެ ގޮތުން 100 އަށްވުރެ ގިން ވިޔަފާރިތައް ބަންދުކޮށްފައި ވާއިރު ހޮންގްކޮންގް ދަރިވަރުންގެ މައި ޔޫނިއަންތަކުން މުޒާހަރާގައި ބައިވެރިވުމަށް ކިޔެވުން ވެސް ވަނީ ބޯއިކޮޓް ކޮށްފަ އެވެ.

ގާނޫނު ހަދާ މަޖިލީހުގެ ކުރިމަތީގައި އެއްވެ މުޒާހަރާކުރަން ތިބި މީހުން އެ ސަރަހައްދުން ފަހާލުމަށްޓަކައި ފުލުހުން ދަނީ ޕެޕާ ސްޕްރޭއާއި ޕްރެޝަރުގައި ފެންޖަހާ ހޮޅި ބޭނުން ކުރަމުން ނެވެ.

އެކްސްޓްރެޑިޝަން ބިލް ފާސް ވެއްޖެ ނަމަ ހޮންގްކޮންގްގައި ތިބި ކުށްވެރިން އެހެން ގައުމުތަކަށް ފޮނުވުމުގެ އިތުރުން ޓައިވާން އާއި ޗައިނާއަށް ފޮނުވާލުމުގެ ބާރު ހޮންގްކޮންގްއަށް ލިބިގެން ދާނެއެވެ.

ބިލާއި އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ އެފަދަ ބިލެއް ފާސްކޮށްފި ނަމަ އިނގިރޭސި ވިލާތުން 1997 ވަނަ އަހަރު ހޮންގްކޮންގް ޗައިނާއާއި ހަވާލުކުރި އިރު ވެފައިވާ 50 އަހަރުގެ އެއްބަސް ވުމުގެ ދަށުން ހޮންގްކޮންގް ރައްޔިތުންނަށް ލިބެމުންދާ މިނިވަންކަމަށް ޗައިނާގެ ނުފޫޒު ފޯރުވަން ފަށާނެ ކަމަށެވެ.

ބިލް ފާސްކުރުމާއި އިދިކޮޅަށް މުޒާހަރާ ކުރި ނަމަވެސް އެކަން ކުރިއަށް ދާނެކަމަށް ހޮންގްކޮންގްގެ ޗީފް އެގްޒެކެޓިވް ވިދާޅުވެ އެވެ. ބިލްގެ އެންމެ ފަހު ވޯޓު އޮންނާނީ ޖޫން 20 ވަނަ ދުވަހު އެވެ.