ހަބަރު

ނައިފަރު ފިހާރައަކުން ވަގަށް ނެގި ފައިސާތައް ހޯދައިފި

ޅ. ނައިފަރު ގައި ފިހާރައެއް ފަޅާލައިގެން ވަގަށް ނެގި ފައިސާ ހޯދައިފި އެވެ.

ފުލުހުން ބުނީ ނައިފަރު ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައިގެން ވަދެ ވައްކަން ކޮށްފައިވާ ކަމުގެ ރިޕޯޓް އިއްޔެ ކޮށްފައިވާ ކަމަށެވެ. އަދި ފިހާރައިން ވަގަށް ނެގި ފައިސާ ހޯދުމަށް ކުރި މަަސައްކަތުން ރޭ 11:40 ހާއިރު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރީ 29 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައިގެން ވަގަށް ނަގާފައިވާ 1،100 ރުފިޔާ އާއި 750 ޑޮލަރުގެ ތެރެއިން 556 ޑޮލަރު އަދި 20 ޔޫރޯ އާއި 845 ރުފިޔާ ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ ފިހާރަ ފަޅާލައިގެން ވައްކަން ކުރަން ބޭނުންކުރި ތަކެތިވެސް ހޯދާފައިވާ ކަމަށެވެ.