މޯލްޑިވްސް ޕޮލިސް ސާވިސް

ގެއްލިގެން ހޯދަމުން ދިޔަ ޒުވާނާ ފެނިއްޖެ

މާލެއިން ގެއްލިގެން ހޯދަމުން ދިޔަ ޒުވާނާ ފެނިއްޖެ ކަމަށް ފުލުހުން ބުނެފި އެވެ.

ގެއްލިގެން ހޯދަމުން ދިޔައީ ޅ. ނައިފަރު، ޑޭޒީހިޔާ، އުމުރުން 23 އަހަރުގެ އަހްމަދު ވިއާމް އެވެ.

އޭނާ ރޭ ފެނިފައިވާ ކަމަށާއި ވިއާމްގެ ހާލު ރަނގަޅުކަމަށް ފުލުހުން ބުނެ އެވެ.

ވިއާމް ފެނުނު ތަނާއި، ފެނުނުއިރު ހުރި ހާލަތު ފުލުހުން ނުބުނެ އެވެ.

ވީނުވީއެއް ނޭނގި ވިއާމް ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މި މަހުގެ 19 ވަނަ ދުވަހު އެވެ.

ވިއާމް ހޯދުމުގެ މަސައްކަތަކުގައި އާންމުންގެ އެހީއަށް އެދުނީ މި މަހުގެ 23 ވަނަ ދުވަހު އެވެ.