ނައިފަރު

ނައިފަރުން ކުޑަ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

ޅ. ނައިފަރުން ކުޑަ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ހޯދަނީ ޅ. ނައިފަރު، ސީނިޔާގެ، ހަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލް (13އ) އެވެ.

ފުލުހުން ބުނި ގޮތުގައި ހަދީޖަތު މައިސަރާ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ ސެޕްޓެމްބަރު 28 ވަނަ ދުވަހު ހަވީރު ނައިފަރުންނެވެ.

އޭރު އެ ކުއްޖާ ލައިގެން ހުރީ މުށިކުލައިގެ ޓޮޕަކާއި މަޑުނޫކުލައިގެ ޖީންސެއް ކަމާއި އަރައިގެން ހުރީ ކަޅުކުލައިގެ ފައިވާނަކަށް ކަމަށް އާއިލާއިން މައުލޫމާތުދޭ ކަމަށްވެސް ފުލުހުން ބުނެ އެވެ.

ފުލުހުން ވަނީ ހަދީޖަތުއާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ ލަސްނުކޮށް އެ މައުލޫމާތު ހިއްސާކުރުމަށްވެސް އެދިފަ އެެވެ.