ނައިފަރު

ގެއްލިގެން ހޯދަމުން ދިޔަ ކުޑަ އަންހެން ކުއްޖާ ފެނިއްޖެ

ޅ. ނައިފަރުން ގެއްލިގެން ހޯދަމުންދިޔަ ކުޑަ އަންހެން ކުއްޖާ ފެނިއްޖެ އެވެ.

ފުލުހުން ހޯދަމުން ދިޔައީ ޅ. ނައިފަރު، ސީނިޔާގެ، ހަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލް (13އ) އެވެ.

ފުލުހުން ރޭ ބުނި ގޮތުގައި ހަދީޖަތު މައިސަރާ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ ސެޕްޓެމްބަރު 28 ވަނަ ދުވަހު ހަވީރު ނައިފަރުންނެވެ.

ފުލުހުން މިއަދު ބުނީ ހަދީޖަތު މައިސަރާ މިއަދު ހަވީރު ފެނުނީވެސް ނައިފަރުން ކަމަށެވެ. ފެނުނުއިރު ހާލު ރަނގަޅު ކަމަށްވެސް ބުންޏެވެ.