ހަބަރު

އެކްސިޑެންޓްވެ މެންބަރު ހަސަންޓޭއަށް އަނިޔާ

Jun 13, 2019
1

ސައިކަލެއް ދުއްވާފައި ދަނިކޮށް އެކްސިޑެންޓުވެ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު (ހަސަންޓޭ) އޭނާއަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ ރޭ 11:15 ހާއިރު މެންބަރު ހަސަންޓޭ މާލޭގެ އަމީރު އަހުމަދު މަގު، ވެލާނާގޭ ކައިރިން ސައިކަލުގައި ދުއްވާފައި ދަނިކޮށް ކުއްލިއަކަށް މަގު ހުރަސް ކުރަން އުޅުނު މީހެއްގެ ގައިން ނެއްޓިގެން ދާން އުޅުމުގެ ތެރޭގައި ސައިކަލު ކަހާލައިގެން ވެއްޓި އޭނާއަށް އަނިޔާ ވެފައިވާ ކަމަށެވެ.

އެ މައްސަލަ އޭނާ ހުށަހަޅާފައި ނުވާ ކަމަށާއި އެ މައްސަލަ ފުލުހަށް ހުށަހަޅަން ބޭނުން ނުވީ ކަމަށް ވެސް ފުލުހުން ބުންޏެވެ. މަގު ހުރަސް ކުރި މީހާ ހުރަސްކޮށްފައި ވަނީ މަގުގެ ކަފިހިހުރަސް ކައިރިންނެވެ.

ހަސަންޓޭއަށް ރޭ ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފަ އެވެ. އެނގިފައިވާ ގޮތުގައި އޭނާގެ ބޮލަށާއި ފަޔަށް ވަނީ އަނިޔާވެފަ އެވެ.