ކަނޑު އުޅަނދުގެ ގަވާއިދާ ހިފާލަށް މީހުން އުފުލި ލޯންޗެއްގެ މައުލޫމާތު ހޯދަން ޓްރާންސްޕޯޓް އޮތޯރިޓީން އާއްމުންގެ އެހީއަށް އެދިއްޖެ އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ފޮޓޯއެއް އާއްމުކޮށް ބުނެފައިވާ ގޮތުގައި އެ ފޮޓޯގައިވާ އުޅަނދުގެ މައުލޫމާތު އެނގޭ ފަރާތްތަކުން ހިއްސާ ކުރަން އެދޭ ކަމަށެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން އާއްމުކޮށްފައިވާ ފޮޓޯ ނަގާފައިވަނީ އެ އުޅަނދުގައި ހުރި މީހެކެވެ. ބަލާބެލުމަށް ހީވަނީ އެއީ ބޮޑު ސްޕީޑް ލޯންޗެކެވެ. އެ ފޮޓޯ އިން ފެންނަ ގޮތުގައި އެ އުޅަނދުގެ ޖާގަ ފުރުމުގެ ސަބަބުން މީހުން އިތުރަށް އުފުލުމުގެ ގޮތުން ސަރަންފީ ގޮނޑި ވަނީ ބަހައްޓާފަ އެވެ. އަދި އެ ސަރަންފީ ގޮނޑިތަކުގައި ބޭރު މީހުން ވެސް ބައިތިއްބާފައި ތިއްބެވެ.
ރާއްޖޭގައި ކޮންމެ އަހަރުވެސް ކަނޑުމަތީގެ ގިނަ އެކި ހާދިސާތައް ހިންގަ އެވެ. އަދި މި ހާދިސާތަކުގައި ކޮންމެ އަހަރަކު ވެސް ގިނަ އަދަދެއްގެ ބަޔަކަށް އަނިޔާވެ އެވެ.