ހަބަރު

އިމާރާތަކުން ދަގަނޑެއް ވެއްޓި ސައިކަލުތަކެއް ހަލާކުވެއްޖެ

ހަދަމުން ދިޔަ އިމާރާތަކުން ދަގަނޑެއް ވެއްޓި ސައިކަލުތަކަކަށް ގެއްލުން ވެއްޖެ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ.

ފުލުހުން ބުނީ މިއަދު މެންދުރު 10 ފޫޓުގެ ދަނގަޑެއް ވެއްޓިފާވަނީ މާލޭގެ ކޮއިމަލާ ހިނގުމުގައި ހަދަމުން ދިޔަ އިމާރާތެއްގެ ހަތަރު ވަނަ ފަންގިފިލާއިން ކަމަށެވެ.

އެ ހާދިސާގައި އެ މަގުގައި ޕާކު ކޮށްފަހުރި ހަތަރު ސައިކަލަކަށް ގެއްލުން ލިބުނެވެ. ފުލުހުން ވަނީ މި ހާދިސާގެ މައުލޫމާތު ހައުސިން މިނިސްޓްރީއާ މާލޭ ސިޓީ ކައުންސިލާ ހިއްސާކޮށްފަ އެވެ.

މިދިއަ އީދުގެ ތެރޭގައި އެހެން އިމާރާތެއްގެ މަތީން ވެސް ދަގަނޑެއް ވެއްޓި ވެހިކަލްތަކަކަށް ގެއްލުންވެފައި ވެއެވެ.