ހަބަރު

ދިރާގުގެ ހިދުމަތްތަކަށް ބުރޫ އަރައިފި

މުއާސަލާތީ ކުންފުނި، ދިރާގުގެ ގިނަ ހިދުމަތްތައް ބޭނުން ކުރުމުގައި ރޭ އިން ފަށައިގެން ހިދުމަތަށް ބުރޫ އަރައިފި އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތް ދޭ އަދި ސަރުކާރު ހިއްސާވާ އެންމެ ބޮޑު ކުންފުނީގެ ހިދުމަތްތަކަށް ބޭރު އެރި އިރު ދިރާގުގެ ނަންބަރުތަކަށް ގުޅުމާއި ޑޭޓާ ބޭނުން ކުރުމުގައި ދަތިތަކާ ކުރިމަތިވި އެވެ.

ދިރާގުގެ ޓްވީޓް

ދިރާގުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކަސްޓަމަރުންނަށް ޑާޓާ ބޭނުން ކުރުމާއި ނަންބަރު ތަކުގައި ގުޅުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި އެ މައްސަލަ ހައްލު ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

އެނގިފައިވާ ގޮތުގައި ދިރާގަށް ދިމާވި މުޅި އެ މައްސަލަ މިހާރު ވަނީ ހައްލުކޮށްފަ އެވެ.