ވިޔަފާރި

ރެޑްވޭވް ރޯދަ ސޭލްގެ ނަސީބުވެރިން ހޮވައިފި

Jun 20, 2019

ރެޑްވޭވް އިން މިދިއަ ރޯދަ މަހު ކުރިއަށް ގެންދިޔަ ރޯދަ ސޭލްގެ ނަސީބުވެރިން މިއަދު ހޮވައިފި އެވެ.

ރެޑްވޭވްގެ 10 ފިހާރައިގައި ރޯދަ މަހާ ދިމާކޮށް ކުރިއަށްގެން ދިޔަ "ރެޑްވޭވް ރޯދަ ސޭލް" ޕްރޮމޯޝަންގައި 500 ރުފިޔާއިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ދޫކުރި އެވެ. އެގޮތުން މި ޕްރޮމޯޝަން އަށް 150،000 އަށް ވުރެ ގިނަ ކޫޕަން ލާފައިވެ އެވެ.

މި ޕްރޮމޯޝަންގައި އެންމެ އަގު ބޮޑު އިނާމު ލިބޭ ނަސީބުވެރިޔާ އަށް ދޭން ކަނޑައަޅާފައިވާ 100،000 ރުފިޔާގެ ފައިސާގެ އިނާމް ލިބިފައިވަނީ މުހައްމަދު ޝިޔާމް (ކޫޕަން ނަމްބަރު 056415) އަށެވެ. މީގެ އިތުރުން 25 އިނާމެއް ވަނީ ހޮވާފައިވެ އެވެ.

ރެޑްވޭވް އިން ބުނީ މި އަހަރުގެ ރެޑްވޭވް ސޭލް ވެގެން ދިޔައީ، ވަރަށް ކާމިޔާބު އަދި ކަސްޓަމަރުންގެ ފުރިހަމަ ތަރުހީބު ލިބިގެން ދިޔަ ޕްރޮމޯޝަނަކަށް ކަމަށެވެ. ވުމާއިއެކު، ކުރިއަށް އޮތް ރެޑްވޭވްގެ ޕްރޮމޯޝަންތައް ވެގެން ދާނީ ކަސްޓަމަރުންނަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނު ވަރަށް ހެޔޮ އަގުގައި ލިބިގެންދާނެ ބޮޑު ސޭލް އަކަށް ކަމަށެވެ.