ހއ. ހޯރަފުށި

ހޯރަފުށީ ސްޕީޑް ފެރީގެ ނިޒާމްް އިފްތިތާހުކޮށްފި

އެމްޓީސީސީން ހއ. އަދި ހދ. އަތޮޅުގައި ގާއިމްކޮށްފައިވާ ސްޕީޑް ފެރީގެ ނިޒާމް ހއ. ހޯރަފުއްޓަށް ފުޅާކޮށް މި ހިިދުމަތް އިފްތިތާހުކޮށްފި އެވެ.

ހޯރަފުށީގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މި ހިިދުމަތް އިފްތިތާހު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމެވެ.

މި އަހަރުގެ އޭޕްރީލް މަހުގައި ހއ. އަދި ހދ. އަތޮޅުގެ ސްޕީޑް ފެރީގެ ދަތުރުތަށް ފުރަތަމަ ފާށާފައިވަނީ ހއ. ދިއްދޫ، ހދ. ހަނިމާދޫ އަދި ހދ. ކުޅުދުއްފުށި، މި ތިން ރަށަށެވެ. މި ދަތުރުތަކުގެ ޓިކެޓު އަގުތަކަކީ ދިއްދޫ - ހަނިމާދޫ، ހަނިމާދޫ - ކުޅުދުއްފުށި 150 ރުފިޔާ، އަދި ދިއްދޫ - ކުޅުދުއްފުށި 200 ރުފިޔާއަށެވެ.

އަދި އެކެއް ޖޫން ގައި، ހދ. ނޮޅިވަރަންފަރަށްވެސް އެމްޓީސީސީއިން ވަނީ ހިދުމަތްދޭން ފަށާފަ އެވެ. އަދި މިއަދު ހިދުމަތް ފެށުނު ރޫޓުގައި ހިމެނޭ ހޯރަފުށި - ކުޅުދުއްފުށީގެ ޓިކެޓުގެ އަގަކީ 250 އެވެ. މި ރޫޓުގެ ދެކޮޅު ޓިކެޓުގެ އަގަކީ 400 ރުފިޔާ ކަމަށް އެމްޓީސީސީ އިން ބުނެ އެވެ.