ހަބަރު

ކުއްޖާ ގެއްލުނުތާ ހަތަރު ދުވަސް، އަދިވެސް ނުފެނޭ: ފުލުހުން

މިދިޔަ އަންގާރަ ދުވަހު ގެއްލިގެން، ހޯދަން އިއުލާން ކުރި ކުއްޖާ އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ދަފުތަރު ނަންބަރު ރސ 2997 ޝައިމް އަބްދުﷲ 14، ގެއްލުނީ މިދިއަ އަންގަރާ ދުވަހު އެވެ. އެ ފިރިހެން ކުއްޖާ ގެއްލިގެން ހޯދާކަން ފުލުހުން އިއުލާން ކުރީ ބުރާސްފަތި ދުވަހު އެވެ. މިއަދު ފުލުހުން ބުނީ އޭނާ އަދިވެސް ނުފެންނަ ކަމަށެވެ.

އެ ކުއްޖާ ގެއްލުނީ މާލެއިން ކަމެއް ނުވަތަ އެހެން ރަށަކުން ކަމެއް ވެސ ފުލުހުން ހާމައެއް ނުކުރެ އެވެ. އަދި އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ވެސް ނުދެ އެވެ. ފުލުހުން ހަމައެކަނި އެދެނީ އެ ކުއްޖާއާބެހޭ މައުލޫމާތެއް ލިބިފައިވާ ނަމަ ހިއްސާ ކުރާށެވެ.