ހަބަރު

ދެ ރަށެއްގައި ހޮސްޕިޓަލް ޑިޒައިން ކުރަން ހަވާލުކޮށްފި

ދެ ރަށެއްގެ ހެލްތް ސެންޓަރު ހޮސްޕިޓަލަކަށް ބަދަލުކުރަން އިމާރަތް ޑިޒައިން ކުރުމާއި އެއް ރަށެއްގެ ހޮސްޕިޓަލުގެ އެކްސްޓެންޝަން ޑިޒައިން ކުރުމުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.

ހެލްތް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އެވެ.

ހެލްތް ސެންޓަރު ހޮސްޕިޓަލަކަށް ބަދަލު ކުރަން ނިންމައިފައިވަނީ ނ. ވެލިދޫ އާއި ރ. އަލިފުށީގަ އެވެ. ވެލިދޫގެ ހޮސްޕިޓަލުގެ އިމާރަތް ޑިޒައިން ކުރުމާއި ބ.އަތޮޅު ހޮސްޕިޓަލުގެ އެކްސްޓެންޝަން އިމާރާތް ޑިޒައިން ވެސް ހަވާލު ކުރީ އެޕޮކް އެސޯސިއޭޝަނާ އެވެ. އަދި އަލިފުށީގެ ހޮސްޕިޓަލަގެ އިމާރަތް ކުރަން ހަވާލުކުރީ އެމްޓީސީސީއާ އެވެ.

ހެލްތް މިނިސްޓްރީން ބުނީ، މި އެއްބަސްވުމުގެ ދަށުން ވެލިދޫ އާއި އަލިފުށީ ހެލްތް ސެންޓަރު ދަރަޖު އެކެއްގެ ހޮސްޕިޓަލަކަށް ބަދަލު ވާނެކަމަށެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި މި ބަދަލާއެކު ގިނަ ދާއިރާތަކަށް ހާއްސަ ޑޮކްޓަރުންނާއެކު އާ ހިދުމަތްތައް ފެށިގެންދާނެ ކަމަށެވެ.