ހަބަރު

ފިނޭންސް މިނިސްޓްރީން ދޭ ގިނަ ހިދުމަތްތަކެއް ޒަމާނީކޮށްފި

ފިނޭންސް މިނިސްޓްރީ ދެމުންދާ ހަ ހިދުމަތެއް ޒަމާނީކޮށް އަލުން ތައާރަފުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ތައާރަފު ކުރި ހަ ހިދުމަތަކީ ދައުލަތުގެ މާލިއްޔަތުގެ ނިޒާމް ހަރުދަނާ ކުރުމުގެ މަގުސަދުގައި ތައާރަފުކުރި ހިދުމަތްތަކެވެ.

އެސްއެމްއެސް އާއި އީމެއިލް :

ދަޢުލަތުން ފައިސާ ދޭންޖެހޭ ފަރާތްތަކަށް އެ ފަރާތްތަކުގެ އެކައުންޓަށް ފައިސާ ޖަމާވުމުން އެސްއެމްއެސް އާއި އީމެއިލްގެ ޒަރީއާއިން އަންގައިދޭ ޚިދުމަތެކެވެ.

ޕޭރޯލް ރަޖިސްޓާ:

މި ހިދުމަތުން ދައުލަތުން މުސާރަ ދޭންޖެހޭ ހުރިހާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލާ ބެލެހެއްޓޭނެ އެވެ.

އެސްއޭޕީޔޫސާ ރިކުއެސްޓް ފޯމް:

ދައުލަތުގެ މުއައްސަސާތަކުން ޔޫސާ ރިކުއެސްޓް ފޯމު ފޮނުވުމުގެ ބަދަލުގައި ޕޯޓަލް މެދުވެރިކޮށް ރިކުއެސްޓް ފޮނުވައި، ފޯމުގެ ކޮންމެ މަރުހަލާއެއްގެ ސްޓޭޓަސް އަޕްޑޭޓް ބެލޭނެ އެވެ.

އެސްއީގެޓްވޭ:

މި ހިދުމަތް މެދުވެރިކޮށް ދައުލަތުގެ ކުންފުނިތަކުގެ މައުލޫމާތު އެއްތަނަކުން ލިބުމުގެ އިތުރުން، ކުންފުނިތަކުގެ މައުލޫމާތުތަކުގެ ތެރެއިން ރައްޔިތުން ބޭނުންވާ މައުލޫމާތު ޓެކްނޮލޮޖީ މެދުވެރިކޮށް ބަލާލެވޭނެ އެވެ. އަދި ދައުލަތުގެ ކުންފުނިތަކާއި މިނިސްޓްރީއާ ދެމެދު ބަދަލު ކުރެވޭ މަޢުލޫމާތު މި ޕޯޓަލް މެދުވެރިކޮށް ބަދަލުކުރެވޭނެއެވެ.

އެސްއޭޕީ ސިސްޓަމް:

މި ހިދުމަތުން ބަޖެޓު އެކުލަވާލުން ޒަމާނީކޮށް އެކުލަވާލާ އެސްއޭޕީ ސިސްޓަމް އިން ސަރުކާރުގެ އޮފީސް ތަކެއް ލައިވް ކޮށް ފެންނަ ގޮތް ހަމަޖެއްސޭނެ އެވެ.

މީގެ އިތުުރުން ފިނޭސް މިނިސްޓްރީން ސަރުކާރުން ހިންގާ ޕީއެސްއައިޕީ މަޝްރޫއުތައް ކުރިއަށް ދާގޮތުގެ އެންމެ ފަހުގެ މައުލޫމަތު އެއްތަނަކުން ފެންނާނެ ޕޯޓަލް އެއް ވަނީ ގާއިމް ކޮށްފަ އެވެ.