ރާއްޖެ ކުޅިވަރު

ގައުމީ ޓީމުގެ ފަހު ދެ މެޗު ލަންކާ އާމީ އަދި ނޭވީ ޓީމާ ދެކޮޅަށް

Jul 22, 2015

ސްރީލަންކާގައި ގައުމީ އަންހެން ޓީމު ކުޅޭ ފަހު ދެ މެޗު އެ ގައުމުގެ އަސްކަރިއްޔާއިން ހިންގާ ދެ ޓީމު ކަމަށްވާ ލަންކާ އާމީ ޓީމާއި ލަންކާ ނޭވީ ޓީމާ ދެކޮޅަށް ކުޅެން ހަމަޖެހިއްޖެ އެވެ.

މިއީ އަންނަ މަހު ރިޔޫނިއަންގައި ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ތައްޔާރުވުމަށް ކުޅޭ ދެ މެޗެވެ.

މިވަގުތު ލަންކާގައ ތިބި ގައުމީ ޓީމު ވަނީ މިދިޔަ އާދީއްތަ ދުވަހު ސްރީލަންކާގެ ރައީސްގެ އަންހެން ފުޓްބޯޅަ ޓީމު އަތުން 3-0އިން ބަލިވެފަ އެވެ.

ގައުމީ ޓީމު މާދަމާ ކުޅޭނީ ލަންކާގެ ނޭވީ ފުޓްބޯޅަ ޓީމާ ދެކޮޅަށެވެ. އަދި ރަހުމަތްތެރިކަމުގެ ފަހު މެޗުގައި އާމީ ޓީމާ ދެކޮޅަށް ނުކުންނާނީ ހުކުރު ދުވަހު ހަވީރު އެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ އަމާޒަކީ ސެމީ ފައިނަލަށް ދިއުމެވެ.

އަންހެން ޓީމު ލަންކާގައި ފަރިތަކުރަމުންދިޔަ ނަމެވެސް ފިރިހެން ޓީމު ފަރިތަކުރަމުންދަނީ މާލޭގަ އެވެ.