ހަބަރު

ޖުވާ ކުޅެން ތިބި ބިދޭސީންތަކެއް ގިނަ އަދަދެއްގެ ފައިސާއާ އެކު އަތުލައިގެންފި

މާލޭގެ ގެއެއްގައި ޖުވާ ކުޅެން ތިބި ބިދޭސީންތަކެއް ގިނަ އަދަދެއްގެ ފައިސާއާ އެކު މިރޭ ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މ. ފުރަ ނަމަކަށް ކިޔާ އެ ގެއިން ގިނަ އަދަދެއްގެ ފައިސާއާ އެކު ހައްޔަރުކުރީ 18 ބިދޭސީން ކަމަށެވެ. އެ ގެއަކީ ބިދޭސީން ދިރިއުޅެމުން ދިޔަ ގެއެއް ކަމަށާއި އެގެ ބަލައި ފާސް ކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މީގެ ކުރިން ވެސް ޖުވާ ކުޅެން ތިއްބާ ބިދޭސީން މާލެއިން ހައްޔަރުކޮށްފައިވެ އެވެ.