ހަބަރު

މިނިސްޓަރު ޝާހިދު ބެލްޖިއަމަށް ވަޑައިގެންފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ބެލްޖިއަމަށް މިއަދު ވަޑައިގެންފި އެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ޝާހިދުގެ ދަތުރުފުޅުގައި ޔޫރަޕިއަން ޕާލަމެންޓާއި، ޔޫރަޕިއަން ކޮމިޝަންގެ އިތުރުން ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސާވިސްގެ އިސް ބޭފުޅުންނާއި ބައްދަލު ކުރައްވާނެ އެވެ. އެ ގޮތުން މޫސުމީ ބަދަލުތަކާއި، ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކާއި، ޑކޮމްރަސީ ވަރުގަދަކުރުމުގާއި އިދާރާތައް ހަރުދަނާ ކުރުމުގެ ދާއިރާތަކުން އެ ބައްދަވުންތަކުގައި މަޝްވަރާ ކުރައްވާނެ އެވެ.

ދެ ދުވަހުގެ އެ ދަތުރުފުޅުގައި މިނިސްޓަރު ޝާހިދުގެ އަރިހުގައި ފޮރިން މިނިސްޓްރީގެ އަހުމަދު ހަލީލާއި، ސްރީލަންކާއަށް ކަނޑައަޅާފައިވާ ސަފީރު އުމަރު އަބްދުލްރައްޒާގުގެ އިތުރުން، ފޮރިން މިނިސްޓްރީގެ ޑިރެކްޓަރު ޝިއުނީން ރަޝީދު، އަދި ޑެސްކް އޮފިސަރު މަރިޔަމް އާސިފު ބައިވެރިވެވަޑައިގެންނެވި އެވެ.