ރިސޯޓް

ސަން އައިލެންޑުން އާ ބީޗް ޕޫލް ވިލާތަކެއް ތައާރަފުކޮށްފި

Jun 28, 2019
2

ސަން އައިލެންޑު ރިސޯޓް އެންޑް ސްޕާ އިން މުޅިން އާ ބީޗް ޕޫލް ވިލާ ތަކެއް ތައާރަފުކޮށްފި އެވެ.

"މޯލްޑިވްސް އިންސައިޑާ" ގައިވާ ގޮތުގައި މޮޑާން ފަރުމާއެއްގެ މައްޗަށް ސަން އައިލެންޑް ރިސޯޓުން އަލަށް ތައާރަފުކުރި ބީޗް ޕޫލް ވިލާ ހަދާފައި ވަނީ ތަނަވަސްކޮށް ބޮޑު ޖާގައެއް އޮންނަ ގޮތަކަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން 17 މިނެޓުން ދެވޭ ރާސްތާގައި ހުޅުވާފައިވާ ވިލާ ގްރޫޕުގެ ސަން އައިލެންޑު ރިސޯޓު މަޝްހޫރު ވެފައި ވަނީ އޯލް އިންކްލޫސިވް ރިސޯޓެއްގެ ގޮތުގަ އެވެ. މި ރިސޯޓުގައި 460 ކޮޓަރި ހުންނައިރު މިއީ ރާއްޖޭގައި އެންމެ ކޮޓަރި ގިނަ އެއް ރިސޯޓެވެ.

ސަން އައިލެންޑު ރިސޯޓުގައި އެކި ކެޓަގަރީތަކުގެ ކޮޓަރިތަކާއި ވިލާތައް ހުރެ އެވެ. މީގެތެރޭގައި ސަން ސެޓް ފިލާ އާއި ވޯޓާ ބަންގަލޯގެ އިތުރުންވެސް މަތީ ފަންތީގެ ވިލާތައް ހިމެނެ އެވެ.