ރާއްޖެ ކުޅިވަރު

ގައުމީ ޓީޓީ ޓީމު ލަންކާ އަށް

Jul 23, 2015

ކުރިއަށް އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ތައްޔާރުވުމަށް ގައުމީ ޓީޓީ ޓީމު ލަންކާ އަށް ހިނގައްޖެ އެވެ.

މި ޓީމުގައި ހިމެނެނީ މުއީނާ މުހައްމަދާއި އައިމިނަތު ޝިއުރާ އާއި އައިޝަތު ރަފާ އަދި މަރިޔަމް ޝަފީގު އާއި ޖުމަނާ ނިމާލެވެ. ފިރިހެން ކުޅުންތެރިންނަކީ މޫސާ މުންސިފާއި ޒީސްތު ނަސީމިގެ އިތުރުން މައިޒަރު އާދަމް ޒާހިރާއި އިބްރާހީމް ޝިއުރީ އެވެ.

މި ޓީމު މި މަހުގެ 27 އާ ހަމައަށް ލަންކާގައި މެޗުތަކެއް ކުޅެ ތަޖުރިބާތައް ހޯދާނެ އެވެ.

ގައުމީ ޓީމު ލަންކާ އަށްދިޔައިރު ޓީމުގެ ބައެއް ކުޅުންތެރިން ވަނީ ލަންކާ އާއި ޗައިނާ އަދި މެލޭޝިޔާގައި މީގެ ކުރިން ފަތިރަކުރުންތައް ކުރިއަށް ގެންގޮސްފަ އެވެ.