ރާއްޖެ ކުޅިވަރު

ނޭވީ ޓީމު އަތުން ވެސް ރާއްޖެ ބަލިވެއްޖެ

Jul 23, 2015

އިންޑިއަން އައިލެންޑް އޯޝަން ގޭމްސް އަށް ތައްޔާރުވުމަށް ލަންކާގައި މިވަގުތުތިބި ގައުމީ ފުޓްބޯޅަ ޓީމު ކުޅުނު ދެ ވަނަ މެޗުގައި ލަންކާ ނޭވީ ޓީމު އަތުން 1-0 އިން އިއްޔެ ބަލިވެއްޖެ އެވެ.

މި މެޗުގެ ކުރިން ރާއްޖެ ވަނީ ލަންކާގެ ރައީސްގެ ޓީމު އަތުން 3-0 އިން ބަލިވެފަ އެވެ. ލަންކާގައި ގައުމީ ޓީމު ކުޅޭ ފަހު މެޗުގައި މާދަމާ ނުކުންނާނީ ލަންކާ އާމީ ޓީމާ ދެކޮޅަށެވެ.

ޖަޕާނުގެ ކޯޗެއްގެ ބެލުމުގަ ދަށުން ލަންކާގައި ގައުމީ ޓީމު ފަރިތަކުރާއިރު، މުބާރާތުގެ ސެމީ ފައިނަލަށް ދިއުމަށް ޓީމު ވަނީ އަމާޒުހިފާފަ އެވެ.

މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ފިރިހެން ޓީމު ފަރިތަކުރަމުންދަނީ މާލޭގަ އެވެ.