ހަބަރު

ގިލިލަންކަން ފުށި ޑިސެމްބަރު މަހު ހުޅުވަނީ

އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑު ބައެއް އަނދައިގެން ދިޔަ ގިލިލަންކަންފުށި ރިސޯޓް މަރާމާތަށްފަހު މި އަހަރު ފަހުކޮޅު ހުޅުވަން ނިންމައިފި އެވެ.

އެ ރިސޯޓް ބަންދު ކުރީ މި އަހަރުގެ ޖެނުއަރީ އެ ރިސޯޓްގެ މޫދު ކޮޓަރިތަކެއްގައި ރޯވެ ބޮޑު ބައެއް އަނދައިގެނެވެ.

ގިލި ލަަންކަންފުށިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ގިލި ޖާދޫ ޑިސެމްބަރު މަހު އެއް ވަނަ ދުވަހުން ފެށިގެން ފެނިގެންދާނެ ކަމަށެވެ.

ގިލި ލަންކަންފުށިން ކުރި ޓްވީޓެއް

ދުނިޔޭގެ އެންމެ ބޮޑު ވޯޓާ ވިލާ ސްޓޭންޑްއެލޯން ހުންނަ ގިލި ލަންކަންފުށި ރިސޯޓް ވަނީ 2018 ވަނަ އަހަރު ޓްރެވެލާސް ޗޮއިސް އެވޯޑުގައި ރާއްޖޭގެ އެއްވަނަ ހޮޓަލް އެވޯޑާއި ދުނިޔޭގެ އެންމެ މޮޅު ފަސް ހޮޓެލްގެ ލިސްޓުން ޖާގަ ހޯދާފަ އެވެ.