ހަބަރު

ސިންގަޕޫރުގެ ރިޔާސީ ގަނޑުވަރުން ރައީސަށް ހޫނު މަރުހަބާއެއް

Jul 1, 2019

ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދަށް ސިންގަޕޫރުގެ ރިޔާސީ ގަނޑުވަރުން ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ.

ރައީސްގެ ދެ ކަނބަލުން ސިސްގަޕޫރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެގައުމުގެ ސަރުކާރުން ރަސްމީކޮށް މަރުހަބާ ދެންނެވުން އޮތީ ސިންގަޕޫރުގެ ރައީސާގެ ރަސްމީ ގަނޑުވަރު އިސްތާނާގަ އެވެ. ރައީސަށް މަރުހަބާ ދެންނެވީ ސިންގަޕޫރުގެ ރައީސާ ހަލީމާ ޔައުގޫބާއި ފިރިކަލުން މުހައްމަދު އަބުދުﷲ އަލްހަބްސީ އެވެ.

ރައީސް އާއި ސިންގަޕޫރުގެ ރައީސާ ޑަޔަސްއަށް އަރާވަޑައިގަތުމުން ދެގައުމުގެ ގައުމީ ސަލާން ވަނީ ކުޅެފަ އެވެ. އަދި ރައީސް ޝަރަފްގައި އޮތް ގާޑް އޮފް އޮނަރެއްވެސް ވަނީ ބާއްވާފަ އެވެ.

އެރަސްމިއްޔާތުގައި ސިންގަޕޫރު ސަރުކާރުގެ ބައެއް ވަޒީރުންނާއި ސިންގަޕޫރު ސަރުކާރުގެ އިއްޒަތްތެރިންނާއި ސިންގަޕޫރުގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުން ރައީސަށް ތައާރަފު އެރުވި އެވެ. ރަސްމީ މަރުހަބާއަށް ރައީސް ވަނީ ވަނީ މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފަ އެވެ.

ރައީސް ސިންގަޕޫރަށް ކުރައްވާ ރަސްމީ ދަތުރުފުޅަށްފަހު މާލެ ވަޑައިގަންނަވާނީ މާދަމާގެ ވަގުތެއްގައި އެވެ.