ޕްރޮމޯޝަން

ޕިއްޒާ ކާން މިއަދު ދާންވީ ޕިއްޒާ ބޯނާއަށް!

ޕިއްޒާ ތަންތަން ރާއްޖޭގައި ވަރަށް ގިނަ އެވެ. އެކަމަކު މީރު ޕިއްޒާއެއް ލިބެނީ މަދު ތަނަކުންނެވެ. މީރު ޕިއްޒެއް ލިބޭނެ އެއް ތަނަކަށް ހަމަ ޔަގީނުންވެސް ޕީއްޒާ ބޯނާ ވާނެ އެވެ. ޕިއްޒާ ބޯނާ އިން މިވަނީ އަހަރީ ދުވަހާ ދިމާކޮށް ހާއްސަ ޕްރޮމޯޝަނެއް ފަށާފަ އެވެ. ޕިއްޒާ ބޯނާގެ އަށް ވަނަ އަހަރީ ދުވަހާ ދިމާކޮށް ޕިއްޒާ ކާލަން ދާން ރަނގަޅު ފުރުސަތެއް މި އޮތީ ހުޅުވާލާފަ އެވެ.

ޕިއްޒާ ބޯނާގެ އަށް އަހަރު ފުރުމާ ދިމާކޮށް އެތަނުގެ އައުޓްލެޓް ތަކަށް ޕިއްޒާ ކާން ދާން މީހުންގެ ބިލުން 50 ޕަސެންޓުގެ ޑިސްކައުންޓް ލިބޭނެ އެވެ. މި ޕްރޮމޯޝަންގައި ޕިއްޒާ ބޯނާގެ މެނޫގައި ހިމެނޭ ހުރިހާ ބާވަތްތައް ހިމަނާފައިވެ އެވެ. މިއަދު ކުރިއަށް ދާ މި ޕްރޮމޯޝަންގައި މާލެ އާއި ހުޅުމާލޭގެ އައުޓްލެޓް ތަކުން ޑިސްކައުންޓް ލިބޭނެ އެވެ.

ޕިއްޒާ ބޯނާ އިން އެ ރެސްޓޯރެންޓަށް އަންނަނީ ކަސްޓަމަރުންނާއި ގާތުން ހިދުމަތް ދެމުން ގެންދާއިރު، އިޖުތިމާއީ ހާއްސަ ހަރަކާތްތަކުގައި ވެސް އެތަނުން ދަނީ ބައިވެރިވަމުންނެވެ. އެގޮތުން މިދިޔަ މަހު ހުޅުމާލެ ސާފު ކުރަން ޓްވިޓްސާފު ކޮމިއުނިޓީން ހިންގި ހުޅުމާލެ ބީޗް ސަރަހައްދު ސާފުކުރުމުގެ ހަރަކާތުގައި ވެސް ވަނީ ބައިވެރިވެފަ އެވެ. މި ހަރަކާތުގައި ބައިވެރިވި ފަރާތްތަކަށް ޕިއްޒާ ބޯނާއިން ހިލޭ ޕިއްޒާ ވަނީ ދީފަ އެވެ.

ޕިއްޒާ ބޯނާގެ އަހަރީ ދުވަސް ފާހަގަ ކުރަމުން ދާއިރު، ގިނަ ބަޔަކުދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އަހަރީ ދުވަހުގެ ތަހުނިއްޔާ ފޮނުވަމުންނެވެ.

ޕިއްޒާގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ޕިއްޒާބޯނާއިން މާލޭގެ އިތުރުން ހުޅުމާލޭގައި ވެސް އައުޓްލެޓެއް ހިންގަ އެވެ.